ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-IMS/417/2025/175
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 05 ޖަނަވަރީ 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫގައި އިރު ދެކުނުފަރާތުގައި ގާއިމް ކޮށްފައިވާ އަތުނަރުކޮޑާ ހިތްފަސޭހަމައިޒާންގައި ހުރި ރުއްގަހާއިގުޅޭ

ގދ.ހޯނޑެއްދޫ އިރު ދެކުނުފަރާތައި ގާއިމްކޮށްފައިވާ އަތުނަރުކޮޑާ ހިތްފަސޭހަމައިޒާން ގައި ހުރި ރުއްތައް ސާފުކޮށް ނުބަލަހައްޓާތީ ރުއްތަކުގައި ގިނައަދަދަކަށް އެއްޗެހި އަޅައި އޭގެ ސަބަބުން އެސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއްވެދާނެ ކަމުގެ ބިރު މި ކައުންސިލަށް އޮތުމުން އެރުއްތަކުގެ ވެރިފަރާތްތަކަށް ބަދަލުދީ މި ކައުންސިލް ގެ ބެލުމުގެ ދަށަށް ގެނައުމަށް ބޭނުންވެއެވެ.

                ވީމާ، އެސަރަޙައްދުތަކުގައި  1 އިން 16 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެތިގަންނަ ވަކަރުލާމޮޅުރުއް، ފޯދުނު ރަނގަޅުރުއް، ފޯދުނު އާދައިގެރުއް، ފޯދުނު ދެރަރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެރުއް، ނުފޯދޭ ކުޑަރުއް) އެގޭނެގޮތަށް 2026 ޖެނުއަރީ 5 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެސަރަޙައްދުތަކުގެ ޗާޓެއް މިއިޢުލާނާއިއެކު ޢާންމު ކުރީމެވެ. މި މުއްދަތުގައި ވެރިފަރާތުން އެމީހެއްގެ ރުކެއް ކަމުގައި އިޢުލާނުގައި ބަޔާންކުރެވިފައިވާ ފަދައިން އެނގޭ ގޮތަށް ދެންނެވިފައިވާ މުއްދަތުގައި ހުށަނާޅައިފިނަމަ އެ ރުއްގަސްތަކަކީ އެއްވެސް މީހެއްގެ ރުއްގަސް ނޫންކަމުގައި ބަލައި ކައުންސިލުން އެ ރުއްތައް ބަލަހައްޓާނެ ވާހަކަ ދަންނަވަމެވެ.

            މިހެންވެ މިކަން އާއްމުކޮއް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 ޑިސެންބަރު 2025