ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491/491/2025/180
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:10
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ތ. ވިލުފުށީގައި ޢިމާރަތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމަށް ހުޅުވާލުމާ ގުޅޭ

ތ. ވިލުފުށީގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތ. ވިލުފުށީގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް (www.hiyaavehi.housing.gov.mv) ފޯމު ހުށަހެޅުމުގެ ފުރުޞަތު 11 ޖަނަވަރީ 2026 ގައި ހުޅުވާލެވޭނެއެވެ. މި ސްކީމާބެހޭ އިތުރު މަޢުލޫމާތު އުޞޫލު ނަންބަރު -34ޖީ/2025 (ތ. ވިލުފުށީގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓު ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގައި ހިމެނިފައިވާނެއެވެ. މި ގޮތުން ފޯމު ހުށަހެޅުމަށް އެދޭ ފަރާތްތަކުން، 11 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 11 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހުގެ ރޭގެ 23:59ގެ ނިޔަލަށް ސްކީމްގެ އެޕްލިކޭޝަން ހުށަހެޅޭނެ ވާހަކަ ދަންނަވެމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހަޅައިގެން ނުވަތަ މިނިސްޓްރީގެ 4004919 ނަންބަރަށް ގުޅުއްވައިގެން ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށްއަންގާ އިޢުލާންކުރީމެވެ.

31 ޑިސެންބަރު 2025