ދިވެހިރާއްޖެ
ބ. ތުޅާދޫގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް (www.hiyaavehi.housing.gov.mv) ފޯމު ހުށަހެޅުމުގެ ފުރުޞަތު 11 ޖަނަވަރީ 2026 ގައި ހުޅުވާލެވޭނެއެވެ. މި ސްކީމާބެހޭ އިތުރު މަޢުލޫމާތު އުޞޫލު ނަންބަރު -33ޖީ/2025 (ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓު ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގައި ހިމެނިފައިވާނެއެވެ. މި ގޮތުން ފޯމު ހުށަހެޅުމަށް އެދޭ ފަރާތްތަކުން، 11 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 11 އެޕްރީލް 2026 ވާ ހޮނިހިރު ދުވަހުގެ ރޭގެ 23:59ގެ ނިޔަލަށް ސްކީމްގެ އެޕްލިކޭޝަން ހުށަހެޅޭނެ ވާހަކަ ދަންނަވެމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހަޅައިގެން ނުވަތަ މިނިސްޓްރީގެ 4004919 ނަންބަރަށް ގުޅުއްވައިގެން ކުރިޔަށް ގެންދެވުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށްއަންގާ އިޢުލާންކުރީމެވެ.