ތަމްރީނު
ނަންބަރު: (IUL)475-Schol/475/2025/244
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:02
ސުންގަޑި: 15 ފެބުރުވަރީ 2026 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Brunei Government Scholarships to Foreign Students 2026-2027

Brunei Government Scholarships to Foreign Students 2026-2027

 

ބްރޫނާއީގެ ޔުނިވަރސިޓީތަކުން ހިންގުމަށް ހަމަޖެހިފައިވާ މަތީ ތަޢުލީމު ހާސިލް ކުރުމުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޯ.އައި.ސީ މެމްބަރު ޤައުމުތަކަށް އޮތްކަމުގައި އެފަރާތުންވަނީ އަންގަވާފައެވެ.

 

ވީމާ، މި ސްކޮލަރޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ފެބްރުވަރީ 2026 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ކޯސްތަކާއިބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 https://www.mfa.gov.bn/Pages/online-bdgs.aspx

 ............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ)  ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

31 ޑިސެންބަރު 2025