ދިވެހިރާއްޖެ
|
Stipendium Hungaricum Scholarship 2026/2027 |
||
|
ޤައުމު: ހަންގޭރީ |
8 ބެޗްލަރސް ޑިގްރީ ފުރުޞަތު 12 މާސްޓަރސް ޑިގްރީ ފުރުޞަތު 5 ޑޮކްޓޯރަލް ޑިގްރީ ފުރުޞަތު (ޕީ.އެޗް.ޑީ ނުވަތަ ޑީ.އެލް.އޭ) |
ކޯހުގެ ލެވެލް އަދި ޢަދަދު: |
|
ދިވެހިރާއްޖެއަށް ދެއްވާފައިވާ ދާއިރާތަކުގެ މަޢުލޫމާތު https://stipendiumhungaricum.hu/apply/ އިން ލިބެން ހުންނާނެއެވެ. |
ކޯހުގެ ދާއިރާ: |
|
|
ބެޗްލަރސް ޑިގްރީ 1. ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން 2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން 3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކޮށްފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ށ.IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި ނ.TOEFL 550 އިން ފެށިގެން މަތި. ރ.ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑް 4. މީގެ އިތުރުން ޔުނިވަރސިޓީގެ ބެޗެލަރސް ޑިގްރީގެ ކޯސްތަކުގެ އެންޓްރީ ރިކްއަރމެންޓް މި މިނިސްޓްރީން ދީފައިވާ ރިކްއަރމެންޓާއި ތަފާތުނަމަ މި މިނިސްޓްރީން ބަލާނީ ޔުނިވަރސީޓީގެ އެންޓްރީ ރިކްއަރމަންޓަށެވެ. އަދި މި މިނިސްޓްރީން ދީފައިވާ އެންޓްރީ ރިކްއަރމެންޓާއި ޔުނިވަރސިޓީގެ އެންޓްރީ ރިކުއަރމެންޓް ތަފާތުނަމަ އެ ޔުނިވަރސިޓީއެއްގެ އެންޓްރީ ރިކުއަރމެންޓް ހުށަހަޅަން ވާނެއެވެ. 5. އެދޭ ކޯހާއި ގުޅޭގޮތުން ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު https://stipendiumhungaricum.hu/apply/ ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވުން.
މާސްޓަރސް ޑިގްރީ 1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2. އެދޭ ކޯހާއި ގުޅޭގޮތުން ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު https://stipendiumhungaricum.hu/apply/ ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވުން.
3. މީގެ އިތުރުން ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީގެ ކޯސްތަކުގެ އެންޓްރީ ރިކުއަރމެންޓް މި މިނިސްޓްރީން ދީފައިވާ ރިކުއަރމެންޓާއި ތަފާތުނަމަ މި މިނިސްޓްރީން ބަލާނީ ޔުނިވަރސީޓީގެ އެންޓްރީ ރިކުއަރމަންޓަށެވެ. އަދި މި މިނިސްޓްރީން ދީފައިވާ އެންޓްރީ ރިކުއަރމެންޓާއި ޔުނިވަރސިޓީގެ އެންޓްރީ ރިކުއަރމެންޓް ތަފާތުނަމަ އެ ޔުނިވަރސިޓީއެއްގެ އެންޓްރީ ރިކުއަރމެންޓް ހުށަހަޅަން ވާނެއެވެ. ޕީ.އެޗް.ޑީ/ ޑީ.އެލް.އޭ 1. ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން. 2. އެދޭ ކޯހާއި ގުޅޭގޮތުން ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު https://stipendiumhungaricum.hu/apply/ ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވުން 3. މީގެ އިތުރުން ޔުނިވަރސިޓީގެ ޕީއެޗްޑީ/ޑީ.އެލް.އޭ ލެވަލްގެ ކޯސްތަކުގެ އެންޓްރީ ރިކުއަރމެންޓް މި މިނިސްޓްރީން ދީފައިވާ ރިކުއަރމެންޓާއި ތަފާތުނަމަ މި މިނިސްޓްރީން ބަލާނީ ޔުނިވަރސީޓީގެ އެންޓްރީ ރިކްއަރމަންޓަށެވެ. އަދި މި މިނިސްޓްރީން ދީފައިވާ އެންޓްރީ ރިކްއަރމެންޓާއި ޔުނިވަރސިޓީގެ އެންޓްރީ ރިކުއަރމެންޓް ތަފާތުނަމަ އެ ޔުނިވަރސިޓީއެއްގެ އެންޓްރީ ރިކުއަރމެންޓް ހުށަހަޅަން ވާނެއެވެ. އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން. 2. އެދޭ ކޯހަކީ މިހާރު ފުރިހަމަ ކޮށްފައިވާ އެންމެ މަތީ ފާހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިނުވުން. |
ކޯހުގެ ޝަރުތު: |
|
|
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި. 1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައި). 2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް). 3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. 4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ސާފު ސްކޭން ކޮޕީ. 5. ރެކޮމެންޑޭޝަން ލެޓަރ (ސްޓައިޕެންޑިއަމް ހަންގޭރިކަމް ގެ ވެބްސައިޓުގައި ނުވަތަ އިޢުލާނާއެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތައް) 6. ފުރިހަމަކޮށްފައިވާ ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ އޮންލައިން އެޕްލިކޭޝަން ފޯމު (ސްޓައިޕެންޑިއަމް ހަންގޭރިކަމް ގެ ވެބްސައިޓުގައި ނުވަތަ އިޢުލާނާއެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތައް) 7. މީގެ އިތުރުން ކޯސްތަކާއި ގުޅޭގޮތުން ސްޓައިޕެންޑިއަމް ހަންގޭރިކަމް ގެ ވެބްސައިޓުގައި ހުޅަހަޅަން އަންގާފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ. 8. ސްޓައިޕެންޑިއަމް ހަންގޭރިކަމް ގެ ވެބްސައިޓު https://stipendiumhungaricum.hu/apply/ގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާގުޅޭ ލިޔުން. 9. ކޯހަށް އެދޭ ޔުނިވަރސިޓީގެ ވެބްސައިޓުގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާގުޅޭ ލިޔުން. 10. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން ކެންޑިޑޭޓް މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން. 11. މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ، ކެންޑިޑޭޓްގެ ލިޔުމެއް. 12. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަން ބަޔާންކުރާ، ކެންޑިޑޭޓްގެ ލިޔުމެއް. |
ހުށަހަޅަންޖެހޭ ތަކެތި: |
|
|
- މި އިޢުލާނާއި ގުޅިގެން ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅާނީ ފުލްޓައިމް އެންމެ ޕްރޮގްރާމެކެވެ. - މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހެދުމަށްޓަކާ މި މިނިސްޓްރީއިން ކެނޑިޑޭޓުން ނޮމިނޭޓްކުރާނެއެވެ. ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ. - މި ސްކޮލަރޝިޕްގެ ދަށުން ދެކޮޅު ޓިކެޓާއި ވިސާގެ ޚަރަދު ހަމަޖައްސައިދޭނީ މި މިނިސްޓްރީގެ ފަރާތުންނެވެ. އަދި ސްކޮލްޝިޕް ދޭފަރާތުން ކުރާ ޚަރަދުތަކުގެ ތަފްޞީލް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ޝީޓުގައި ހުންނާނެއެވެ. މީގެ އިތުރުން ކުރާ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ދަރިވަރު އަމިއްލައަށެވެ. - މި މިނިސްޓްރީގެ ނޮމިނޭޝަން ހަދާނީ ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު މެދުވެރިކޮށްނާއި މިނިސްޓްރީގެ "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް ދެގޮތަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް ބަލައިގެންނެވެ. - މި ސްކޮލަރޝިޕަށް މި މިނިސްޓްރީގެ"މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. އަދި ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު މެދުވެރިކޮށް 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 18:00 ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. އެއީ ސެންޓްރަލް ޔޫރަޕިއަން ޓައިމްގެ 14:00 ކުރިންނެވެ. މިގޮތުން އޮންލައިން އެޕްލިކޭޝަން ފުރިހަމަވާނީ ސޭވްކުރުމަށްފަހު ސަބްމިޓް ކުރުމުންނެވެ.
* ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕްގެ ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި މި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަން ޖެހޭނެއެވެ. * އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. * މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު ޔުނިވަރސިޓީ ވެބްސައިޓުންނާއި މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ މަޢުލޫމާތު ޝީޓް އަދި އެނެކްސް 1 އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
|
|
ސުންގަޑި: 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން |
||
|
އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. އަދި ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓް މެދުވެރިކޮށެވެ. |
||
|
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |
||