ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MQS/MQS/2025/53
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި:
06 ޖަނަވަރީ 2026 14:00
މުޙައްމަދު ޤާސިމް ޕްރީސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢޫގެ ދަށުން މުޙައްމަދު ޤާސިމް ޕްރީސްކޫލުގެ ހޯލާއި ކިލާސްރޫމްތަކުގެ ދޮރުތައް މަރާމާތުކުރުން
- މުޙައްމަދު ޤާސިމް ޕްރީސްކޫލުގެ ކިލާސްރޫމަތަކާއި ހޯލުގެ ދޮރުތައް މަރާމާތުކުރަން ބޭނުންވެއްޖެއެވެ.
- ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 31 ން 2026 ޖަނަވަރީ 06 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: : https://forms.gle/jjSykRdZdLXcqtFW6
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖަނަވަރީ 06 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 09 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖަނަވަރީ 07 ވަނަ ދުވަހުގެ 10:00 ގައި މުޙައްމަދު ޤާސިމް ޕްރީސްކޫލުގެ މީޓިންގ ރޫމްގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތާއި ޖަދުވަލުތައް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުޙައްމަދު ޤާސިމް ޕްރީސްކޫލް
ޗަނބޭލީމަގު، ހުޅުމާލެ ފޭސް 1، ދިވެހިރާއްޖެ.
ފޯން: 3354903 / 3354904
އީ-މެއިލް: [email protected]
31 ޑިސެންބަރު 2025