ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2025/345
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 06 ޖަނަވަރީ 2026 00:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކ. ގިރިފުށީގައި ކުރިއަށްގެންދާ ތަމްރީނުތަކާގުޅޭ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2026 ޖަނަވަރީ 05 އަދި 06 ވަނަ ދުވަހުގެ 18:00 އިން 23:59 އަށް، ކ. ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލޭއަރސް ދަތުރުކުރާނީ ކ. ގިރިފުށީގެ ވަށައިގެންވާ ސަރަހައްދުގެ 300 މީޓަރ ދުރުމިނަށެވެ. އަދި ފްލޭއަރސް ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

31 ޑިސެންބަރު 2025