ބީލަން
ނަންބަރު: (IUL)425-A2/1/2025/272
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 15 ޖަނަވަރީ 2026 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން މާލޭގައި ބާއްވާ މުނާސަބަތުތައް ފާހަގަކުރުމުގެގޮތުން މާލެތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ޤައުމީ ދިދަ އާއި ދިދަ ދަނޑި ހޯދުމާ ގުޅޭ، (3 ވަނަ އިޢުލާން)

ސަރުކާރުން މާލޭގައި ބާއްވާ މުނާސަބަތުތައް ފާހަގަކުރުމުގެގޮތުން މާލެތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ޤައުމީ ދިދަ އާއި ދިދަ ދަނޑި ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2025/257 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

07 ޖަނަވަރީ 2026 (ބުދަ)

10:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

އަގު ހުށަހެޅުން

15 ޖަނަވަރީ 2026 (ބުރާސްފަތި)

11:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. 

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
31 ޑިސެންބަރު 2025