ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-B2/1/2025/126
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 30 ޖަނަވަރީ 2026 00:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
26 ވަނަ އިންޓަރނޭޝަނަލް ބްލެކް ސީ ތިއޭޓަރ ފެސްޓިވަލް އަދި 16 ވަނަ އަންޓާލިޔާ ތިއޭޓަރ ފެސްޓިވަލް ގައި ދިވެހިރާއްޖެ އިން ބައިވެރިވުމުގެ ފުރުޞަތު

2026             ވަނަ އަހަރުގެ މެއި މަހުގެ 02 އިން 15 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "26 ވަނަ އިންޓަރނޭޝަނަލް ބްލެކް ސީ ތިއޭޓަރ ފެސްޓިވަލް" އަދި އެ ޤައުމުގެ އަންޓާލިޔާގައި 2026 ވަނަ އަހަރުގެ މެއި މަހުގެ 08 ން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "16 ވަނަ އަންޓާލިޔާ ތިއޭޓަރ ފެސްޓިވަލް" ގައި ދިވެހިރާއްޖެއަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

              26 ވަނަ އިންޓަރނޭޝަނަލް ބްލެކް ސީ ތިއޭޓަރ ފެސްޓިވަލް ގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކަށް ހުރުމާއި ކެއުމުގެ ޚަރަދު ޓްރެބްޒޮން ސްޓޭޓް ތިއޭޓަރ އިން ހަމަޖައްސަވައިދެއްވާނެއެވެ. އަދި 16 ވަނަ އަންޓާލިޔާ ތިއޭޓަރ ފެސްޓިވަލް ގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކަށް ހުރުމާއި ހެނދުނުގެ ކެއުން އަންޓާލިޔާގެ ސްޓޭޓް ތިއޭޓަރ އިން ހަމަޖައްސަވައިދެއްވާނެއެވެ. އަދި ހުންނަ ކޮންމެ ދުވަހެއްގެ މެންދުރު އަދި  ރޭގަނޑުގެ ކެއުމަށް ކޮންމެ މެމްބަރ އަކަށް 25 ޑޮލަރަށްވާ ވަރަށް ޓާރކިޝް ލިރާ ދެއްވާނެއެވެ.

             ވީމާ، 26 ވަނަ އިންޓަރނޭޝަނަލް ބްލެކް ސީ ތިއޭޓަރ ފެސްޓިވަލް ގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 5 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށާއި އަދި 16 ވަނަ އަންޓާލިޔާ ތިއޭޓަރ ފެސްޓިވަލް ގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 30 ޖަނަވަރީ 2026 ވާ ހުކުރު ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރައްވައި، މި ސެންޓަރުގެ މެއިލް އެޑްރެސް [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، މި ސެންޓަރުގެ ނަންބަރު 3336868 އާއި ގުޅުއްވުން އެދެމެވެ.

31 ޑިސެންބަރު 2025