ދިވެހިރާއްޖެ
ރަށުގެ ބަނދަރު ސަރަހައްދު މޮނިޓަރކޮށް ބެލެހެއްޓުން ހަރުދަނާކުރުމުގެ ގޮތުން ބަނދަރު ސަރަހައްދުގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރުމަށް ބޭނުންވާތަކެތި ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2026 ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:15 ގެ ކުރިން https://forms.gle/ZYLiaFw3vzXmGmpDA މި ލިންކު މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ. ފައިސާ މިއިދާރާގެ އެކައުންޓަށް ޓްރާންސްފަރ ކުރުމަށްފަހު ޓްރާންސްފަރ ސްލިޕް ގޫގަލް ފޯމަށް އެޓޭޗްކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.
|
ރަޖިސްޓްރީވުމުގެ ސުންގަޑި |
އަންދާސީ ހިސާބު ހުށަހެޅުން |
|
15 ޖަނަވަރީ 2026 13:15 |
22 ޖަނަވަރީ 2026 13:15 ކައުންސިލްގެ އިދާރާގައި |
މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.