ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)418-PLS/418/2025/40
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:07
ސުންގަޑި: 08 ޖަނަވަރީ 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިޔަމި ކޯސް ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ނޯޓިކަލް ސައިންސަސްއާއި މި އިދާރާއާއި ގުޅިގެން "ކޯސްޓަލް ނެވިގޭޝަން ކޯސް – ލެވެލް 2" މި ރަށުގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.

ކޯހާއިބެހޭ އިތުރު މަޢުލޫމާތު:
  • ކޯހުގެ ނަން: ނިޔަމި ސެޓްފިކެޓް 2 (ކޯސްޓަލް ނެވިގޭޝަން ކޯސް ލެވެލް 2)
  • ކޯހުގެ ފީ: 2000/-  ރުފިޔާ.
  • ކޯހުގެ ބައިވެރިންގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ފެންވަރު : ލިޔަން ކިޔަން އެނގުމާއިއެކު އެއްކޮށް ކަނޑާ ގުނަކޮށް ގެއްލަން އެނގުން.
  • ކޯސް ހިންގުމަށް ހަމަޖެހިފައިވާ މުއްދަތު: 15 ޖަނަވަރީ 2026 އިން 17 ޖަނަވަރީ 2026 ގެ ނިޔަލަށް (30 ގަޑިއިރު)
      ·        ކޯސް ބާއްވާ ތަން: ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާ. 
މި ކޯހުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އެޕްލިކޭޝަން ފޯރމް ފުރުއްވާ 08 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  މެއިލް ކުރައްވާނަމަ މި އިދާރާގެ [email protected]މެއިލް އެޑްރެސްއަށް ފޮނުއްވުން އެދެމެވެ.  
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
31 ޑިސެންބަރު 2025