ދިވެހިރާއްޖެ
އެސްޓީއޯ އިން ވިއްކާ އަސާސީ 23 ބާވަތް ކުޑަހުވަދޫގައި ވިއްކުމަށްޓަކައި އެޖެންޓުން ހޯދަން ބޭނުންވެއެވެ. މި ބާވަތްތައް ވިއްކުމަށް އެސްޓީއޯގެ އެޖެންޓުކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖެނުއަރީ 04 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
1- އެޖެންޓަކަށް އެދި ހުށަހަޅާ ސިޓީ ( ސިޓީގައި މުޢާމަލާތު ކުރާނެ ފަރާތުގެ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނަންވާނެ)
2 - ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ
3- ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ
4- މަޢުލޫމާތު ޝީޓުގެ އެނެކްސް 1 އެޖެންޓް ފީ (އަގު ޝީޓް)
5- މުޢާމާލާތު ކުރާނެ ފަރާތުގެ އައިޑީ ކާޑު ކޮޕީ
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6761015 މިނަންބަރަށް ގުޅުވުމުން ލިބިވަޑައިގަންނަވާނެއެވެ.