ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2025/143
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 23:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ފިޓްނަސް އެންޑެ ރެކްރިއޭޝަން ސެންޓަރ ދޫކުރުމާއި ގުޅޭ

ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކެނދިކުޅުދޫ ކައުންސިލުގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ "ކެނދިކުޅުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ" ބޭނުންކުރުމާއި ކުއްޔަށްދިނުމަށް ވަނީ ނިންމާފައެވެ. މި ސެންޓަރު ބޭނުންކުރެވޭނީ ކައުންސިލު ނުވަތަ ކެނދިކުޅުދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭނުމަށާއި، ދަޢުލަތުގެ އިދާރާތަކާއި މުޢައްސަސާތަކުގެ ރަސްމީ ބޭނުމަށާއި، ޕާޓީތަކާއި ހަފްލާތައް ބޭއްވުމަށާއި އަދި ޢާންމު ރައްޔިތުންނަށެވެ.

ކެނދިކުޅުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ބޭނުންކުރުމާއި ކުއްޔަށް ދިނުމުގެ އުޞޫލު (ނަންބަރު: (DIR)286-CB/286/2025/15) ގެ ދަށުން ނެގޭ ފީގެ އަދަދު

 

  • ދަޢުލަތުގެ އިދާރާތަކާއި މުޢައްސަސާތައް؛ ގަޑިއިރަކަށް  150ރ (ސަތޭކަ ފަންސާސް ރުފިޔާ)
  • އަމިއްލަ ވިޔަފާރިތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް؛ ގަޑިއިރަކަށް  200ރ (ދުއިސައްތަ ރުފިޔާ)
  • ވަކިވަކި އަމިއްލަ ފަރުދުންނަށް؛ ގަޑިއިރަކަށް  100ރ (ސަތޭކަ ރުފިޔާ)

ފިޓްނަސް އެންޑް ރެކްރިއޭޝަން ރޫމް ކުއްޔަށްނެގުމުގެ ފީ ނެގޭނޭ ކަންކަން

  • ޕާޓީ ހަފްލާތައް ބޭއްވުމަށް
  • ކަރޯކޭ ބޭނުމަށް
  • ހަފްލާތައް ބޭއްވުމަށް

ފިޓްނަސް އެންޑް ރެކްރިއޭޝަން ރޫމް ކުއްޔަށްނެގުމުގައި ފީ ނުނެގޭނެ ކަންކަން

  • އެރޯބިކްސް
  • ޒުންބާ ކުލާސް ހިންގުމަށް
  • ކަސްރަތު ކުލާސްތައް ހިންގުމަށް

މިސެންޓަރު ހުޅުވިފައި ހުންނާނީ، ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން ރޭގަނޑު 23:00 އަށެވެ. ކަރޯކޭގެ ބޭނުމަށް ރޫމް ކުއްޔަށް ނެގޭނީ ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ދުވާލަކު 2 ގަޑިއިރަށެވެ.

އެހެންކަމުން، ކެނދިކުޅުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ނެގުމަށް ބޭނުންވާ ފަރާތްތަކުން ކެނދިކުޅުދޫ ކައުންސިލްގެ އ.ތ.މ ކޮމިޓީގެ ނައިބު ރަޢީސް (ނަންބަރު: 9661385) އަށް ގުޅުއްވާ ނަންނޯޓު ކުރެއްވުންއެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10  ރަޖަބު      1447

30  ޑިސެންބަރު   2025  

30 ޑިސެންބަރު 2025