ދިވެހިރާއްޖެ
މި ކައުންސިލްގެ ދަށުން އުފެއްދުމަށް ހަމަޖެހިފައިވާ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލުމަށް ކުރި އިޢުލާން ނަންބަރު: (IUL)266-HR/266/2025/290(07 ޑިސެމްބަރު 2025) ގެ މުއްދަތު 11 ޖެނުއަރީ 2026 ދުވަހުގެ 14:00 ނިޔަލަށް ވާނީ އިތުރުކުރެވިފައެވެ.
ބޯޑުގެ ޑިރެކްޓަރުން ހޮވާނީ ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތް ތަކާއެކު ވިޔަފާރިކުރުމާބެހޭބެހޭ ޤަވާއިދު (ޤަވާއިދު ނަންބަރު: R-49/2021) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީންނެވެ.
އަދި މި މަޤާމަށް ކުރިމަތިލައްވާ ފަރާތަކީ 'ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއިއެކު ވިޔަފާރިކުރުމާބެހޭ ޤަވާއިދު (ޤަވާއިދު ނަންބަރު : R-49/2021) ގައި ރަޖިސްޓަރަރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ "ފިޓް އެންޑް ޕްރޮފަރ" ޑިރެކްޓަރުންގެ ބޯޑުގެ ޝަރުތުތައް ފުރިހަމަވާ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލާފައިވާ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑު (2022/221/01އ) ގައި ބަޔާން ކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ފުރިހަމަވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.
|
މެނޭޖިން ޑިރެކްޓަރ |
މަޤާމް |
|
ކުޅުދުއްފުށީ ސިޓީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް، ކުޅުދުއްފުށި ސިޓީ |
ވަޒީފާ އަދާކުރަންޖެހޭ ތަން : |
|
1 (އެކެއް) |
އަދަދު: |
|
މަހަކު: -/35,000ރ |
މުސާރައާއި އިނާޔަތްތައް: |
|
ދުވާލަކު 8 ގަޑިއިރު |
ރަސްމީ މަސައްކަތު ގަޑި: |
|
ޝަރުތު |
|
|
މެނޭޖިންގ ޑިރެކްޓަރ |
|
|
މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައި ވުމާއިއެކު، ވިޔަފާރީގެ ދާއިރާ ނުވަތަ ހިންގުމުގެ ދާއިރާގައި 2 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. |
ތަޢުލީމާއި ތަޖުރިބާގެ ޝަރުތުތައް: |
|
(1) އުމުރުން 18 އަހަރު ވެފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން. (2) ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައި ވުން. (3) ވޭތުވެދިޔަ 6 މަސް ދުވަސް ތެރޭގައި "ރަޖިސްޓްރަރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފަރާތެއް ކަމުގައިވުން ނުވަތަ ތަމްރީން ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން. (ނޯޓް: ވޭތުވެދިޔަ 6 މަސްދުވަސްތެރޭގައި އިސްވެދެންނެވުނު ތަމްރީން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.) (4) ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެ ދަރަންޏެއް ދައްކަމުން އަންނަ މީހަކަށްވުން. (5) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެހުކުމް ކަނޑައެޅުނު އަދަބު މަޢާފު ކުރެވުނުތާ މަދުވެގެން 3 އަހަރު ވެފައިވުން. ނަމަވެސް ވައްކަމާއި ޓެކުން އަދި ޚިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. (6) އެހެން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތަކަށް ނުވުން. (7) ކައުންސިލުން ވިޔަފާރި ކުރަމުންދާ ސިނާޢަތެއްގައި ނުވަތަ ވިޔަފާރިކުރުމަށް ހުށައަޅާ ސިނާޢަތުގައި ވިޔަފާރިކުރުމަށް ހުށައަޅާ ސިނާއަތެއްގައި ވިޔަފާރިކުރާ ފަރާތަކަށް ނުވުން. |
އެހެނިހެން ޝަރުތު |
|
(ހ) ވަޒީފާއަށް އެދި ހުށައަޅާ ސިޓީ (ށ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ނ) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ރ) ތަޢުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ) (ބ) ކުށާއި ދަރަނީގެ ރިކޯޑް (ޅ) "ރަޖިސްޓްރަރ އޮފް ކޮމްޕެނީޒް ކަނޑައަޅާފައިވާ ޑިރެކްޓަރުންގެ ތަމްރީން" ފުރިހަމަކޮށްފައިވާ ފަރާތެއް ނަމަ، ސެޓްފިކެޓްގެ ކޮޕީ (އަސްލާއި އެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ) |
ހުށައަޅަންޖެހޭ ލިޔުންތައް: |
ވީމާ މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖެނުއަރީ 2026 ވާ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް [email protected]އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތުތައް މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
ނޯޓް: ކުރީގެ އިޢުލާނާއި ގުޅިގެން އެޕްލިކޭޝަން ހުށައަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށައަޅާކަށް ނުޖެހޭނެއެވެ.
މި މަޤާމުތަކަށް ކުރިމަތިލައްވާފައިވާ ފަރާތްތައް، ކައުންސިލުން އިވެލުއޭޓް ކުރުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ކުރެވި އިންޓަރވިއު ކުރެވުނު ފަރާތްތަކުގެ ނަންތައް ކައުންސިލްގެ ބައްދަލުވުމަށް ހުށައަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެމްބަރުން ކަނޑައަޅާގޮތެއްގެ މަތިން މެނޭޖިން ޑިރެކްޓަރ ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ މެނޭޖިން ޑިރެކްޓަރ ކަމަށް އައްޔަނު ކުރެވޭ ފަރާތެއް ކަނޑައެޅޭނެއެވެ.