މަސައްކަތް
ނަންބަރު: 137-IU/PR/2025/130
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:28
ސުންގަޑި: 31 ޑިސެންބަރު 2025 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރާ އޮޕްޓިކް ޝޮޕްގެ ނަން ބޯޑް ހަދައި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު 

 

އިޢުލާން ނަމްބަރ:   137-IU/PR/2025 /130

ޕްރޮޖެކްޓް ނަމްބަރ: 137-PR/2025/W-48

 

ޕްރޮޖެކްޓްގެ ނަން: އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރާ އޮޕްޓިކް ޝޮޕްގެ ނަން ބޯޑް ހަދައި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

 

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރާ އޮޕްޓިކް ޝޮޕްގެ ނަން ބޯޑް ހަދައި އިންސްޓޯލްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މަސައްކަތުގެ ތަފްސީލް/ ބީއޯ ކިޔު މި އިއުލާނާއެކު ހިމަނާފައިވާނެއެވެ.  

  1. ބިޑް ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް 
  • ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ (ބީއޯކިއު) މައުލޫމާތާއި  އެއްގޮތަށް، ޖީ.އެސް.ޓީ ހިމަނައިގެންނެވެ.  
  • މަސައްކަތް ނިންމަން ކަނޑައަޅާ މުއްދަތު  ބަޔާންކުރުން 
  • މި ބީލަމަށް ހުށަހަޅާ ޕްރޮޕޯސަލް/ ކޯޓޭޝަންގެ  ސޮފްޓްކޮޕީ ޕެންޑްރައިވް ގައި ހުށަހަޅަންވާނެއެވެ.

 2- ހުށަހަޅަންޖެހޭ ތަކެތި 

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީ.އެސް.ޓީ ހިމަނައިގެން ބީއޯކިއު ފޯމެޓްގައި 
  • ވިޔަފާރި ރަޖިސްޓްރީ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ 
  • ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ) 
  • އިއުލާނުކުރި ތާރީހާ ހަމައަށް 01 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް  
  • ވޭތުވެ ދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ ތަކެތި ސަޕްލައިކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމުގެ01 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ) ހުށަހެޅުން 

 3- އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލް 

ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ.  

  • އަގަށް އަދި މުއްދަތަށް މާކްސް ދެވޭނީ އެންމެ ކުޑަ އަގެއް އަދި މުއްދަތެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުނެވެ. 

ކެޓެގަރީ 

މާރކްސް 

މާރކްސް ދެވޭ އުސޫލު 

އަގު 

90 

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް 

2

މުއްދަތު

10

އެންމެ ކުޑަ މުއްދަތެއް ހުށަހަޅާ ފަރާތަކަށް 

 

ބީލަން ހުށަހަޅާނެގޮތް 

ޕްރޮކިއުމެންޓް ޑިޕާރޓްމެންޓް / އައި.ޖީ.އެމް ހޮސްޕިޓަލް 

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރާ އޮޕްޓިކް ޝޮޕްގެ ނަން ބޯޑް ހަދައި އިންސްޓޯލްކުރުމާގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.   

ބީލަން ހުށަހެޅުން 

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރ 2025 ވަނަ ދުވަހުގެ :13:00ގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ ޕްރޮކިއުމެންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. 
  • ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޞިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް 

ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޙިލާފް މައުލޫމާތު ހިމަނަފައިވުން. 

  1. ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން. 
  2. މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)  
  3. ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން. 

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ. 

ނޯޓު: 

  1. ހޮސްޕިޓަލުގެ ވެބްސައިޓްއިން މި ޢިއުލާނާއި ބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ. 

https://www.igmh.gov.mv/publications/tenders/ 

  1. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް 

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، 

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ 

ފޯނު: +960 3335349 ، +960 3335254 

އީމެއިލް [email protected] 

ކޮޕީ: [email protected] 

    [email protected] 

 

08 ރަޖަބް 1447

28 ޑިސެމްބަރ 2025 

28 ޑިސެންބަރު 2025