ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)278/278/2025/53
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 31 ޑިސެންބަރު 2025 14:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަސާސީ ދަނޑު މިހާރުއޮތް ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލުން

މިއިދާރާއިން 5 ނޮވެންބަރު 2024 ގައި ޢާންމުކޮށްފައިވާ "ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލު" ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ދަނޑު ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ  ހުޅުވާލެވިފައެވެ. އަސާސީ ދަނޑު ދިނުމަށް ހަމަޖެހިފައިވަނީ މިރަށުގެ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހަކާ އިނދެގެން އުޅޭ ނުވަތަ އަމިއްލަ ގެއެއް ނުވަތަ ގޯއްޗެއް ލިބިފައިވާ މިރަށުގެ ރައްޔިތުންނަށެވެ. ނަމަވެސް ދަނޑު ދޫކުރުމުގައި ގެދޮރުއަޅައިގެން ވަކިން ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މިއިދާރާއިން ފަތްކެޔޮ ހެއްދުމަށް ކުރިން ދޫކޮށްފައިވާ ދަނޑުތަކާއި އަދި ފަތްކެޔޮ ހެއްދުމަށް މިހާރު ބޭނުންކުރަމުންދާ ދަނޑުތައްވެސް ދެން އިތުރަށް ދެމެހެއްޓޭނީ މި ފުރުޞަތުގައި އަސާސީ ދަނޑެއްގެ ގޮތުގައި ބޭއްވުމަށް އެދި ހުށަހަޅައިގެން ކަމުގައި ދަންނަވަމެވެ. އަދި އަސާސީ ދަނޑު ލިބޭ ފަރާތްތަކުން "ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލު" ގެ ދަށުން ދަނޑު ބޭނުންކުރުމުގައި އުފުލަންޖެހޭ ޒިންމާތައް ނަންގަވަން ވާނެއެވެ.   

އެހެންކަމުން މިރަށުން އަސާސީ ދަނޑު ދޫކުރުމަށް މިއިދާރާއިން 2024 ވަނަ އަހަރު ހުޅުވާލެވުނު ފުރުސަތުގައި ދަނޑު ބޭނުންވެ ފޯމް ނުލެވި ތިބ އަސާސީ ދަނޑު މިހާރުއޮތް ފަރާތްތަކުން މިއިދާރާއިން އެކަމަށް އެދޭ ފޯމު ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު،  31ޑިސެންބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. 

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ

ނަރުދޫ                                                 

ދިވެހިރާއްޖެ                                                   

ފޯން: 6540049                                                

އީމެއިލް: [email protected]

28 ޑިސެންބަރު 2025