ދިވެހިރާއްޖެ
ނ.ކުޑަފަރީ މަސްބަދިގެ އިމާރާތް ކޮށްދޭނޭ ފަރާތެއް ހޯދާން 2025 ޑިސެންބަރ 01 ވަނަ ދުވަހު ކޮށްފައިވާ މި އިދާރާގެ ނަންބަރު (I)288/2025/107އިއުލާނުން މަސައްކަތަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީވެ، މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދާން އަލުން އިއުލާނު ކުރަމެވެ.
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ މިއަދުން ފެށިގެން 2026 ޖަނަވަރީ 07 ވާ ބުދަ ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ. އިއުލާނާއެކު މަސައްކަތާއި ގުޅޭ ތިރީގައިއެވާ ލިޔެކިއުން އެއްހީރާސްކުރެވިފައިވާނެއެވެ.
- އާކިޓެކްޗަރަލް ޑިޒައިން ޑްރޯވިންގސް ލިންކް: https://shorturl.at/uVq9G
ރެޖިސްޓްރޭޝަން ލިންކް: https://shorturl.at/Q3pnP
މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ. ބީލަން ފޯމެއްގެ އަގަކީ 001ރ. (ސަތޭކަ ރުފިޔާ) އެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 2026 ޖަނަވަރީ 08 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2026 ޖަނަވަރީ 18 ވާ އާދީއްތަ ދުވަހު މެންދުރުފަހު 12:00 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީވަގުތުގައި ކައުންސިލްގެ އިދާރާގެ ރިސެޕްޝަނުން ނުވަތަ އިލެކްޓްރޯނިކް ޒަރިއްޔާއިން ފޯމު ބޭނުންވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2026 ޖަނަވަރީ 19 ވާ ހޯމަ ދުވަހު މެންދުރު13:00ގައި މި އިދާރާ ގައެވެ. އެއްވެސް ބައްދަލުވުމެއް ބޭއްވުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިނަމަ އެ ބައްދަލުވުމެއް އޮންނާނީ ޖެހިގެން އެންމެ އަވަށް ހުޅުވޭ ރަސްމީ ދުވަހެއްގެ ދެންނެވިފައިވާ ގަޑީގައެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯ އަކާ އެކު ފޮނުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.
|
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
|
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
|
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |