ވަޒީފާގެ ފުރުޞަތު
ނަންބަރު: HR/MPL/IUL/2025/149
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 04 ޖަނަވަރީ 2026 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެގްޒެކެޓިވް ޑިރެކްޓަރ - އައިޓީ

 ވަޒީފާގެ ފުރުޞަތު  

މަޤާމް : 

އެގްޒެކެޓިވް ޑިރެކްޓަރ - އައިޓީ

ބޭނުންވާ އަދަދު:  

1 ( އެކެއް ) 

މުސާރައާއި އެލަވަންސް: 

  1. މުސާރަ: މަހަކު 20,000/-ރުފިޔާ (ވިހިހާސް ރުފިޔާ) 
  2. ސަރވިސް އެލަވަންސް: މަހަކު -/6000 ރުފިޔާ (ހަހާސް ރުފިޔާ) 
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ)
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ 

އޮފީސް : 

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: 

  • އައިޓީ ދާއިރާއިން  މާސްޓަރސް ޑިގްރީ ލިބިފައިވުން އަދި އައިޓީ ދާއިރާއެއްގައި 03 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން

  ނުވަތަ

  • އައިޓީ  ދާއިރާއިން ފުރަތަމަ ޑިގްރީ ލިބިފައިވުން އަދި އައިޓީ  ދާއިރާގައި  5 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުމާއެކު  އެގްޒެކެޓިވް ރޯލެއްގައި މަދުވެގެން 2 އަހަރު ދުވަހު އުޅެފައިވުން

މަޤާމުގެ މައިގަނޑު  މަސްޢޫލިއްޔަތު 

 

  • އައިޓީ ޑިވެލޮޕްމަންޓް ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުން: ކުންފުނީގެ ވިޔަފާރިއާއި އޮޕަރޭޝަންސްއަށް ބޭނުންވާ އައިޓީ ތަރައްޤީގެ ޕްލޭންތައް ސްޓްރެޓީޖިކް ފެންވަރެއްގައި އެކުލަވާލައި، އެ ޕްލޭންތައް ފުރިހަމައަށް ތަންފީޒުކުރުން.
  • އައިޓީގެ ހިންގުން ހަރުދަނާކޮށް އިނޮވޭޝަންއާއި ޓެކްނޮލޮޖީ ހިމެނުން: އައިޓީގެ ހިންގުން ހަރުދަނާކޮށް، ސްޓްރެޓިޖިކް ލެވެލްއެއްގައި ކުންފުނީގެ ވިޔަފާރިއާއި އޮޕަރޭޝަންސްއަށް ބޭނުންވާ އައިޓީގެ ތަރައްޤީގެ ޕްލޭންތަކުގައި އިތުރު އިނޮވޭޝަންއާއި އައު ޓެކްނޮލޮޖީތައް ކުންފުންޏަށް ހިމެނޭނެ ގޮތަށް އެކަށައެޅުން.
  • މުޅި އައިޓީ ދާއިރާ ބެލެހެއްޓުމުގައި އިސްދައުރެއް އަދާކުރުން: މުޅި އައިޓީގެ ކަންކަން (ޑިވެލޮޕްމަންޓް އަދި އިންފްރާސްޓްރަކްޗަރ) ބެލެހެއްޓުމާއި، ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުމުގައި އިސްދައުރެއް އަދާކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން 
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ 
  • ކުރެވޭ އިންޓަރވިއު އިން ފާސްވުން. 

ރަސްމީ މަސައްކަތު ގަޑި:  

  • ހެނދުނު 08:00 އިން  ހަވީރު 15:00 އަށް    

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް 

  1. ވަޒީފާއަށްއެދޭ ފޯމް 
  2. ވަނަވަރު (ސީވީ) 
  3. އައިޑީ ކާޑުގެ ކޮޕީ 
  4. ތަޢުލީމީ ސެޓްފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)   
  5. ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)   

** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:  

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 ޖަނަވަރީ 4ވާ އާދިއްތަ ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 2026 ޖަނަވަރީ 4ވާ އާދިއްތަ ދުވަހުގެ 14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިންޓަވިއު:  

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 

ވަޒީފާއަށް އެދޭނެ ގޮތް: 

 

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ. 

https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:  

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ. 
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ރަސްމީގަޑީގައި  7924894ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 
27 ޑިސެންބަރު 2025