ދިވެހިރާއްޖެ
މިމަރުކަޒުގެ ދެބުރި ޢިމާރާތުގެ ކުދި ދޮރުސެޓްތަކާއި ބޮޑުދޮރުތައް އެލްމެނިއަމަށް ބަދަލުކުރަން ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުތަކުގައި މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފުސީލު |
ތާރީޚް |
|
މަޢުލޫމާތު ސާފުކުރުން |
26 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 |
|
ޕްރީބިޑް މީޓިންގ |
29 ނޮވެންބަރު 2015 ވާ އާދިއްތަ ދުވަހުގެ 11:00 |
|
ޕްރީބިޑް މީޓިންގއާ ގުޅިގެން މަޢުލޫމާތު ދިނުން |
30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 |
|
އަންދާސީހިސާބު ހުށަހެޅުން |
03 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680024 ނަންބަރު ފޯނާއެވެ.
05 ޞަފަރު 1437