ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2025/139
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 21:32
ސުންގަޑި: 29 ޑިސެންބަރު 2025 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2025/139

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

ސީނިއާރ އޮފިސާރ - ކޯޕަރޭޓް އެފެއާރސް

ޑިޕާޓްމަންޓް/ސެކްސަން:

ކޯޕަރޭޓް އެފެއާރސް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

-          ކޯޕަރޭޓް ބައްދަލުވުންތައް، ދަތުރުތައް އަދި އެޕޮއިންޓްމަންޓްތައް އިންތިޒާމުކޮށް ކޯރޑިނޭޓް ކުރުން.

-          ބޯޑް ރޫމް ބުކިންގސްތައް ބެލެހެއްޓުން.

-          ޑިޕާޓްމަންޓުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.

-          މަހުން މަހަށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

-          ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ، ކަނޑައެޅޭ މަސައްކަތްތައް ފޮލޯއަޕް ކުރުން.

-          ކުންފުނީގެ ސެކްރެޓޭރިއަލް މަސައްކަތްތަކަށް އެހީތެރިވުން.

ޝަރުތުތައް:

-          ކަމާގުޅޭ ދާއިރާއިން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

-          ދިވެހި އަދި އިނގިރޭސި ބަހުން ރަނގަޅަށް ވާހަކަދައްކައި ލިޔަން ކިޔަން އެނގުން. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް (ވޯޑް، އެކްސެލް، އައުޓްލުކް، ޓީމްސް ފަދަ) ބޭނުންކުރަން އެނގުން.

-          އޮފީސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން.        

މަހު މުސާރަ:

13,665ރ އާއި 16,265ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން29  ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

24 ޑިސެމްބަރ2025

 

24 ޑިސެންބަރު 2025