ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2025/138
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 18:39
ސުންގަޑި: 29 ޑިސެންބަރު 2025 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2025/138

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

ސްޕެޝަލިސްޓް، މީޑިއާ އެންޑް ކޮމިއުނިކޭޝަން

ޑިޕާޓްމަންޓް/ސެކްސަން:

ކޯޕަރޭޓް އެފެއާރސް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

  • އިދާރީ މަޤްޞަދުތަކާއި ވިޔަފާރީގެ އަމާޒުތައް ޙާޞިލުކުރުމަށް  ކޯޕަރޭޓް މާކެޓިންގ ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޛުކުރުން.
  • ސްޕޮންސަރޝިޕް އަދި ކޯޕަރޭޓް ސީއެސްއާރު އާ ގުޅޭ ރިކުއެސްޓް ތައް ބެލެހެއްޓުން.
  • ކޯޕަރޭޓް ޙަރަކާތްތަކުގެ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ނެގުން.
  • ކޯޕަރޭޓް އަދި މާކެޓިންގ ބޭނުންތަކަށް މަރޗެންޑައިޒް ލޭއައުޓްތައް، ސޯޝަލް މީޑިއާ ޓެމްޕްލޭޓްތައް، ގްރެފިކްސް އަދި ލޭއައުޓްތައް ޑިޒައިންކުރުން.
  • އިވެންޓްސް ތަކުގެ ގްރެފިކްސް، ބެކްގްރައުންޑްތައް ޑިޒައިންކުރުމާއި، ވީޑިއޯތައް، ސޯޝަލް މީޑިއާ ކޮންޓެންޓް އަދި ޕްރޮމޯޝަނަލް މެޓީރިއަލްތަކަށް ވީޑިއޯ އެޑިޓިންގ މަސައްކައްތައް ބެލެހެއްޓުން.
  • ކުންފުނީގެ ކޯޕަރޭޓް ބޭނުންތަކަށް ގްރެފިކްސް އަދި ޕްރެސެންޓޭޝަން ލޭއައުޓް ޑިޒައިން ކޮށްދިނުން.
  • ވެބްސައިޓްގައި ހިމެނޭ މަޢުލޫމާތުތައް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ސޯޝަލް މީޑިއާ ގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ގްރެފިކްސް ލޭޔައުޓް ޑިޒައިން ކުރުން.
  • ކުންފުނިން ހިންގާ އަދި ބައިވެރިވާ އިވެންޓްތަކާއި އެހެން ހަރަކާތްތަކުގެ ފޮޓޯ/ވީޑިއޯ ނެގުމާއި، އެފޮޓޯ/ވީޑިއޯތަށް އެޑިޓްކުރުމާއި އެތަކެތި ސޯޝަލް މީޑިއާގައި ޝާއިރުކުރުން.
  • ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖްތަކަށް ކުންފުނީގެ މުހިންމު ހަރަކާތްތަކުގެ ފޮޓޯ އަދި މީޑިއާ ޕޯސްޓް ކުރުން.
  • ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މެސެޖް އަދި ކޮމެންޓްތަކަށް ޖަވާބު ދިނުން އަދި ސޯޝަލް މީޑިއާ މެޓްރިކްސް ބެލެހެއްޓުން.
  • ސޯޝަލް މީޑިއާ ކޮންޓެންޓް އުފެއްދުން.
  • ކުންފުނިން ހިންގާ އަދި ބައިވެރިވާ އިވެންޓްތަކާއި އެހެން ހަރަކާތްތަކުގެ ފޮޓޯ/ވީޑިއޯ ނެގުން
  • ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވުން.

ޝަރުތުތައް:

-          ކަމާގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުގެ ތަޖުރިބާ

-          މާކެޓިންގ/ގްރެފިކްސްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައި ވުން.  

-          ފޮޓޯގްރަފީ/ވީޑިއޯގްރަފީގެ މަސައްކަތްތައް އިނގޭ ފަރާތަކަށް ވާން ޖެހޭނެއެވެ.

-          އެޑޯބީ ކްރިއޭޓިވް ކްލައުޑްގެ ބޭނުން ކުރަން އެނގުން.

-          މައިކްރޯސޯސޮފްޓް އެޕްލިކޭޝަންތަކުގެ (ވޯޑް، އެކްސެލް) ބޭނުން ކުރަން އެނގުން.

-          ދިވެހި އަދި އިނގިރޭސި ބަހުން ލިޔުމާއި ވާހަކަދެއްކުމުގެ ފުރިހަމަ ޤާބިލުކަން ހުރުން.

މަހު މުސާރަ:

20,000ރ އާއި24,000 ރ ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން29  ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

24 ޑިސެމްބަރ2025

 

24 ޑިސެންބަރު 2025