ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންގެ ޖޮބް މެޗިންގ މަސައްކަތްތައް މިނިސްޓްރީއިން ކުރަން ހަމަޖެހިފައިވާކަމުގައި ދަންނަވަމެވެ.
އެހެންކަމުން، މިނިސްޓްރީއިން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއްނެތް ބިދޭސީން މި ޢިއުލާނުގައި އެޓޭޗްކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ދެންނެވީމެވެ. އަދި މި އެކުލަވާލެވޭ ދަފްތަރުގެ ތެރެއިން ވަޒީފާއަށް ބިދޭސީން ބޭނުންވާ ކަމުގައި ވަނީނަމަ، އެ އިންތިޒާމްތައް މިނިސްޓްރީއިން ހަމަޖެހިގެންދާނެ ކަމުގައި ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ފޯމް: https://forms.office.com/r/b4CP5SLiAK
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1485 ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.
05 ރަޖަބް 1447