ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2025/336
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި:
28 ޖަނަވަރީ 2026 00:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ހުޅުމާލޭގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާގުޅޭ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ ހަރަކާތްތަކެއް 2025 ޑިސެންބަރު 24 އިން 2026 ޖަނަވަރީ 28 އަށް، ހުޅުމާލެ ފޭސް 1 ، ފޭސް 2 އަދި ފޭސް 3 ގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ޙަރަކާތްތަކުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވީ ނަމަވެސް، ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުމެއް ނުކުރާނެއެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
24 ޑިސެންބަރު 2025