ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2025/327
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި:
20 ޖަނަވަރީ 2026 00:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ލ. އަތޮޅުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާގުޅޭ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރިނުތަކެއް 2025 ޑިސެންބަރު 25 އިން 2026 ޖަނަވަރީ 20 އަށް މިއިން ކޮންމެ ދުވަހެއްގެ 06:00 އިން 23:59 އަށް، ތިރީގައި މިދަންނަވާ ސަރަހައްދު ތަކުގައި ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިތަމްރީނުތަކުގައި ސިފައިން ކޮމްބެޓް ޔުނިފޯމްގައި ހަތިޔާރާއެކު ޙަރަކާތްތެރިވުމަށް ހަމަޖެހިފައިވީ ނަމަވެސް، ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުމެއް ނުކުރާނެއެވެ.
1- ލ. ފޮނަދޫ
2- ލ. ކައްދޫ
3- ލ. މާންދޫ
4- ލ. ކަލައިދޫ
5- ލ. އިސްދޫ
6- ލ. ގަން، މުކުރިމަގު އަދި ތުނޑީގެ އެކި ސަރަހައްދުތަކުގައި
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
24 ޑިސެންބަރު 2025