ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LMS/468/2025/301
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:48
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯއްޗާއި އިންވެފައިވާ މަގުފާރު ކަންވައްކުރުމާއި ގުޅޭ:

   ފުވައްމުލައް ސިޓީގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދުމަށް މަސައްކަތް ކުރެވެމުންދާ މިދަޑިވަޅުގައި މިސިޓީގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކެއްގެ ގޮތުގައި ހެދުމަށްޓަކައި މަގުފާރުގެ ކަންވަށްކުރަން ޖެހޭ (ދެމަގަށް ހުންނަ) ގޯތިތަކުގެ ވެރިފަރާތުން، ވީއެންމެ އަވަސް ފުރުސަތެއްގައި ހެދިފައިވާ ގަވާޢިދާއި އެއްގޮތަށް ކަން ވަށްކުރުމުގެ މަސައްކަތް ކޮށް ދެއްވުމަށް އިލްތިމާސް ކުރަމެވެ.

   އަދި މަގު ފާރާއި އިންފާރު ތަޅާލުމާއި އަލުން ރޭވުމުގެ އެއްވެސް މަސައްކަތެއް ކުރާނީ ކައުންސިލަށް ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހުގައެވެ.

24 ޑިސެންބަރު 2025