ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުގެ 2 ލޯންޗްގައި ބޭނުންކުރި 3 އައުޓްބޯޑު އިންޖީނު (ޔަމަހާ އައުޓްބޯޑް 250 ހޯސްޕަވަރުގެ 1 އިންޖީނު، ސުޒުކީ އައުޓްބޯޑް 250 ހޯސްޕަވަރުގެ 2 އިންޖީނު ) ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއްޖެއެވެ.
1- ޔަމަހާ އައުޓްބޯޑް 250 ހޯސްޕަވަރ އިންޖީނުގެ ނީލަން ފެށޭ އަގަކީ 77/79937ރ (ހަތްދިހަ ނުވަހާސް ނުވަސަތޭކަ ތިރީސްހަތްރުފިޔާ/ ހަތްދިހަ ހަތްލާރި ) އެވެ.
2- ސުޒުކީ އައުޓްބޯޑް 250 ހޯސްޕަވަރ އިންޖީނުގެ 1 ނީލަން ފެށޭ އަގަކީ، 33/34775ރ (ތިރީސް ހަތަރުހާސް ހަތްސަތޭކަ ހަތްދިހަފަސްރުފިޔާ / ތިރީސްތިންލާރި ) އެވެ.
3- ސުޒުކީ އައުޓްބޯޑް 250 ހޯސްޕަވަރ އިންޖީނުގެ 2 ނީލަން ފެށޭ އަގަކީ، 33/34775ރ (ތިރީސް ހަތަރުހާސް ހަތްސަތޭކަ ހަތްދިހަފަސްރުފިޔާ / ތިރީސްތިންލާރި ) އެވެ.
މިނީލަމުގައި އެންމެކުޑަކޮށް އިތުރުކުރެވޭނެ ޢަދަދަކީ ފަހަރަކު މަދުވެގެން -/5000ރ (ފަސް ހާސްރުފިޔާ) އެވެ.
ވީމާ، އިންޖިނު ގަންނަން ބޭނުންވާ ފަރާތްތަކުން "ސިޓީން އަގުހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިނީލަމުގައި ބައިވެރިވުމަށް "ސިޓީން އަގުހުށަހަޅާ ފޯމް" ހުށަހަޅުއްވާނީ 2025 ޑިސެންބަރު 28 ވަނަ ދުވަހުގެ 12:00 ން ފެށިގެންނެވެ. މިފޯމު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. މިކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 12:00 ގައި މިއޮފީހުގެ ނޯޓިސް ބޯޑާއި އަދި މިކައުންސިލްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. "ސިޓީން އަގުހުށަހަޅާ ފޯމް" މިއިދާރާގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބެންހުންނާނެއެވެ.
މިނީލަމުގައި ޖެހިޖެހިގެން ރަސްމީ 3 ދުވަހު، އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ނިމުމުން ނީލަންނިމޭތާ ލަސްވެގެން 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ. އިންޖީނު ދޫކުރެވޭނީ ފައިސާ ދައްކާ ނިމުމުންނެވެ.
އިންޖީނު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އާއި 12:00 އާ ދެމެދު ހދ. ސްޓޭޓް ހައުސްއަށް ވަޑައިގަތުމުން އިންޖީނު ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާނޭ ކަމުގައިވެސް ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9771199 ނަންބަރަށެވެ.