ދިވެހިރާއްޖެ
މިރަށު ޕޮލިސްސްޓޭޝަނާއި ސިއްޙީމަރުކަޒުގެ އިރުން އޮތް ރުއްގަނޑުގެ ތެރެއިން ކަނޑާފައިވާ ރުއްތައް ނީލަންކިޔުމަށްވަނީ ހަމަޖެހިފައެވެ. މި ރުއްތައް ނީލަން ކިޔުން އޮންނާނީ 29 ޑިސެމްބަރު 2025 ވާ ހޯމަދުވަހު 10:00 ގައި އެ ސަރަޙައްދުގައެވެ. ނީލަންކިޔާނީ ހުރިހާ ރުއްގުޅިތައް އެކީގައެވެ. ފެށޭ އަގަކީ 1500.00 ރުފިޔާ އެވެ. ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން 100ރުފިޔާއެވެ. ނީލަމުން ނަންގަވާ ތަކެތި ނީލަމުން ނަގާތާ 3 ދުވަސްތެރޭ ފައިސާ ދެއްކުމަށްފަހު ގެންދަވަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި އަލުން ނީލަމަށްލައި ނުވަތަ ނައްތާލަންޖެހޭ ތަކެތި ނައްތައިލެވޭނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިޔަށް އެ ސަރަޙައްދަށް ދުރުވެދެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.