ބީލަން
ނަންބަރު: GS-173/2025/IUL/06
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 30 ޑިސެންބަރު 2025 11:00
ބަނޑިދޫ ސްކޫލް، ދ. ބަނޑިދޫ
ދިވެހިރާއްޖެ
ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މިސްކޫލްގެ ހޯލު މަރާމާތު ކޮށް ދެއްވާނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މިސްކޫލްގެ ހޯލު މަރާމާތު ކޮށް ދެއްވާނެ ފަރާތެއް ހޯދުމަށް

ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މިސްކޫލްގެ ބޮޑު ހޯލުގެ މަރާމާތު މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 ޑިސެމްބަރ 2025 އިން 29 ޑިސެމްބަރ 2025 ގެ 13:00 ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރުމަށް ތިރީގައިމިވާ މައުލޫމާތު ހިމަނަންވާނެއެވެ.

1-     މައުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

2-     ރަޖިސްޓްރީ ނަމްބަރ:

3-     އީމެއިލް އެޑްރެސް:

4-     ގުޅޭނެ މޯބައިލް ނަމްބަރ:

 

މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 29 ޑިސެމްބަރ 2025 ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

ބިޑް ހުޅުވުން އޮންނާނީ 30 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ބަނޑިދޫ ސްކޫލްގައެވެ.

މިމަސައްކަތާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ބަނޑިދޫ ސްކޫލް، ދ.ބަނޑިދޫ

ފޯން: 7952916

އީ-މެއިލް: [email protected]

23 ޑިސެންބަރު 2025