ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2025/ 281
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 30 ޑިސެންބަރު 2025 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑިރެކްޓަރ, މެޑިކަލް ރެކޯޑްސް

މަޤާމް :ޑިރެކްޓަރ, މެޑިކަލް ރެކޯޑްސް
ބޭނުންވާ އަދަދު :1

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ, މެޑިކަލް ރެކޯޑްސް

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 9

ސްކިލް ލެވަލް

ސްކިލް ލެވަލް 4

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް /  މެޑިކަލް ރެކޯޑްސް ސެކްޝަން / މާލެ

މަގާމުގެ އަސާސީ މުސާރަ:

-/14334 ރުފިޔާ (މަހަކު)

މަގާމުގެ އެލަވަންސް:

-/6689 ރުފިޔާ (މަހަކު)

ޙާޟިރީ އިނާޔަތް

-/181 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (1 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހޮސްޕިޓަލުންފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ މައުލޫމާތުތައް އެއްކުރެވޭނެ ގޮތްތައް ރާވައި ހިންގައި މޮނިޓަރ ކުރުމާއި، ކަމާގުޅޭ އިދާރާތަކާއި އާންމު ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްވޭނެ ނިޒާމްތައް މެޑިކަލް ޑިރެކްޓާރުގެ ލަފާގެ މަތީން ކަނޑައަޅައި މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތް ރާވައި ހިންގުން
  2. ހޮސްޕިޓަލުންފޯރުކޮށްދޭޚިދުމަތްތަކާގުޅޭ މަޢުލޫމާތުތައް އެއްކޮށް އެނަލައިޒްކޮށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމަށް ކަމާބެހޭ އިދާރާއިން ކަނޑައަޅާފައިހުންނަ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކަށް މެޑިކަލް ރެކޯޑްސްގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން
  3. މެޑިކަލް ރިކޯރޑްސް ސެކްޝަނުގެ އެންމެހާ މަސައްކަތްތަކާއި ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުޞޫލްތައް އެކުލަވާލައި އެކަންކަން ތަންފީޒްކުރުން.
  4. ހޮސްޕިޓަލުގެ ހުރިހާ ސްޓެޓިސްޓިކަލް މައުލޫމާތު ރިކޯޑްކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ވިލަރެސްކުރުން.
  5. ސެކްޝަންގެ މަސައްކަތްތަކާއި ބެހޭ ޑެއިލީ ރެކޯރޑްސް ދުވަހުން ދުވަހަށް ތައްޔާރުކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކުރުން.
  6. މިނިސްޓްރީ އޮފް ހެލްތަށާއި ސަރުކާރުގެ އެކިއެކި އިދާރާތަކަށް ފޮނުވަންޖެހޭ ތަފާތު ހިސާބުތައް ކަނޑައެޅިފައިވާ ގަވާއިދުން ވަގުތު ފާއިތުވުމުގެ ކުރިން ފޮނުވަމުންގެންދޭތޯ ބެލުން.
  7. މެޑިކަލް ރިކޯރޑްސް ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ކުރަމުންދާގޮތްބަލާ މޮނިޓަރކޮށް މަސައްކަތް އިތުރަށް ރަގަޅުކުރުމަށް ދޭންޖެހޭ ލަފަޔާ އިރުސާދު ދިނުން
  8. މެޑިކަލް ރިކޯރޑްސް ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރެއިސަލް ގެ އެންމެހާ މަސައްކަތްތައް އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުރުން
  9. ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުގެ ތެރެއިން ފާއިތުވެ ދިޔަ ހަފްތާގެ ހިސާބުތައް އަދާހަމަކޮށް ތަފްސީލް ހޮސްޕިޓަލް ހިންގަވަން ހުންނަ އެންމެ އިސްފަރާތަށާއި މެޑިކަލް ޑިރެކްޓަރަށް ކޮންމެ ހަފްތާއެއްގެ ރަސްމީ ބަންދުނޫން  ފުރަތަމަ ދުވަހު ހިއްސާކުރުން.

10. މެޑިކަލް ސަރވިސަސް ޑިޕާރޓްމަންޓްގެ ޕްލޭންތައް އެކުލަވާލުމުގައި މެޑިކަލް ޑައިރެކްޓަރ އަށް   ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން.

11. މެޑިކަލް ރިކޯރޑްސް ސެކްޝަނު ތަމްސީލްކުރަންޖެހޭ ބައްދަލުވުންތަކާއި ކޮމިޓީތަކުގައި ބައިވެރިވުން.

12. މެޑިކަލް ރިކޯރޑްސް ސެކްޝަނަށް ބޭނުންވާ ތަކެތި ގަތުމަށް އެދުމުގެ ހުރިހާ މަސައްކަތްތަކެއް ކުރުމާއި އެމަސައްކަތްތައް ކުރެވެނީ ސަރުކާރުގެ މާލިއްޔަތު ޤާނޫނާއި އެއްގޮތަށްކަން ކަށަވަރުކުރުމަށް ޕްރޮކިއުމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

13. ޑިރެކްޓަރ، މެޑިކަލް ރިކޯޑްސް ގެ ހައިސިއްޔަތުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ފުރިހަމައަށް އަދާކޮށް އެކަންކަމުގެ ޒިންމާ ނެގުމާއިގުޅޭ އެންމެހައި ކަންކަމުގައި ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަރަށާއި ޗީފް އެޑްމިނިސްޓްރޭޓަރަށް ފުރިހަމައަށް ޖަވާބުދާރީ ވުން.

14. ހޮސްޕިޓަލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި ހޮސްޕިޓަލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

ތައުލީމީ ފެންވަރާއި  މަސައްކަތުގެ ތަޖުރިބާ

 

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. އަދި މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. އަދި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

 

މަގާމުގެ ތައުލީމީ ރޮނގުތައް:

މެޑިކަލް ރެކޯޑްސް މެނޭޖްމަންޓް ، ހޮސްޕިޓަލް އިންފޮމޭޝަން، ހެލްތް ސަރވިސް، ޕަބްލިކް ހެލްތް، ހޮސްޕިޓަލް މެނޭޖްމަންޓް، އިންފޮމޭޝަން މެނޭޖްމަންޓް، ހެލްތް ސަރވިސް އެޑްމިނިސްްޓްރޭޝަން، ހޮސްޕިޓަލް އެޑްމިނިސްޓްެރޭޝަން، ސްޓްޓިސްޓިކްސް، ޑޭޓާ ސައިންސް، އިންފޮމޭޝަން މެނޭޖްމަންޓް، މެޑިކަލް ސްޓެޓިސްޓިކްސް

 

މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:

-

މަގާމުގެ ކޯ ޑިސިޕްލިން:

-

މަޤާމުގެ މަސައްކަތުގެ ދާއިރާތައް :

-

(ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ / ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓްދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ http://igmh.gov.mv ވެބްސައިޓުންނާއި  އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އެމް.އެސް.3ން ފެށިގެން އީކްސް 5 އާ ދެމެދުގެ ކްރައިޓީރިއާ

އަސާސީ ޝަރުތު ހަމަވުމުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އީ-މެއިލް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

އިންޓަރވިއުއާއި އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އޮންނާނީ، 4 ޖެނުއަރީ 2026 ން 4 ފެބްރުއަރީ 2026 އާ ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިވިޜަންގައެވެ.   

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

4 ރަޖަބު 1447

23 ޑިސެމްބަރ 2025

23 ޑިސެންބަރު 2025