ނީލަން
ނަންބަރު: IUL)179-3.3/179/2025/32)
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި: 29 ޑިސެންބަރު 2025 15:30
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ނީލަންކިޔުން

ނީލަން ކިޔުން

ތާރީޚް

03 ރަޖަބު       1447

23 ޑިސެންބަރު   2025

ނަންބަރު

IUL)179-3.3/179/2025/32)

މި އޮތޯރިޓީގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ފައިލް ކެބިނެޓް އަދި ފަރުނީޗަރު ފަދަ ތަކެތި) 29 ޑިސެންބަރު 2025 ވާ  ހޯމަ ދުވަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ

ނީލަން އޮންނަ ތަން:      

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

މއ.އުތުރުވެހި/ 5 ވަނަ ފަންގިފިލާ

ކެނެރީ މަގު/ ކ.މާލެ

މުދާ ބެލޭނެ އިންތިޒާމް

ނީލަމުގައި ވިއްކާ މުދާ ބެލޭނެ އިންތިޒާމް 29 ޑިސެންބަރު 2025 ވާ  ހޯމަ  15:15 ގައި އޮންނާނެއެވެ.

ނީލަން ގަޑި:

15:30 (29 ޑިސެންބަރު 2025 ވާ  ހޯމަ)

ފައިސާ ދެއްކުން:

ނީލަން ކާމިޔާބުކުރާ ފަރާތްތަކުން އެމުދަލެއްގެ ނީލަން ނިމޭ އަގު، ނީލަން ނިމުމުން އެގަޑީގައި ދައްކަންވާނެއެވެ.

މުދާ ގެންދިއުން:

ނީލަމުން ނަގާ މުދާ، ޖެހިގެން އަންނަ މަސައްކަތު ދުވަހުގެ 15:00 ގެ ކުރިން އޮތޯރިޓީން ގެންދަންވާނެއެވެ. މިގޮތަށް ނުގެންގޮސް ހުންނަ މުދާ އިތުރު އެންގުމަކާނުލާ ނައްތާލެވޭނެއެވެ.

އިތުރު މަޢުލޫމާތު:

 

- މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

-މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު (ލިސްޓް 1) އެއްކަރުދާސް ކުރެވިފައިވާނެއެވެ.

- ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

-މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އޮތޯރިޓީގެ ނަންބަރު 3336619 ފޯނަށް ގުޅުއްވުން އެދެމެވެ. 

23 ޑިސެންބަރު 2025