ވަޒީފާގެ ފުރުޞަތު
ނަންބަރު: 571-A/2025/17
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 31 ޑިސެންބަރު 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ޖުުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓަންޓް)

މަޤާމު:

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާވިސް ރޭންކް 3

މަޤާމުގެ ކްލެސިފިކޭޝަން:

ޖުޑީޝަލް ސަޕޯޓް އެސިސްޓަންޓު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓު

މުސާރަ:

 -/8،520 (އަށްހާސް ފަސްސަތޭކަ ވިހި) ރުފިޔާ

އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް:

  • މަގާމުގެ އެލަވަންސް: -/2،560 (ދެހާސް ފަސްސަތޭކަ ފަސްދޮޅަސް) ރުފިޔާ
  • ޙާޟިރީ ޢިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/70 (ހަތްދިހަ) ރުފިޔާ
  • ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/120 (އެއްސަތޭކަ ވިހި) ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހަމަޖެހިފައިވާ އުޞޫލުން ކޯޓު ހުޅުވައި ލެއްޕުން، އަދި ކޯޓަށް ލިބޭ ލިޔުންތައް އެންޓްރީކޮށް އެއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ކޯޓުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ފޮނުވުން އަދި ފައިލް ކުރަންޖެހޭ ލިޔެކިއުންތައް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ސްކޭންކޮށް، ފައިލް ކުރުން.
  2. ކޯޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ، އެވަގުތަކު ކޯޓުގެ އިދާރީ ކަންކަން ހިންގުމާ ޙަވާލުވެ ހުންނެވި އެންމެ އިސް މުވައްޒަފެއްގެ ލަފާގެމަތިން ފުރިހަމަކުރުން.
  3. ކޯޓުގައި ހިންގާ ޝަރީޢަތްތަކާ ގުޅިގެންނާއި، އިދާރީ ކަންކަމާ ގުޅޭގޮތުން އިދާރާތަކަށާއި، އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ / މެސެޖްފަދަތަކެތި ވެރިން އަންގާ ގޮތުގެމަތިން ލިޔެ ފޮނުވުން.
  4. ކޯޓަށް ހުށަހެޅޭ ޤަޟިއްޔާތަކާ ގުޅިގެން މެޖިސްޓްރޭޓުން އަންގާ ގޮތެއްގެމަތިން މައްސަލަތައް ޝެޑިއުލް ކުރުމާއި، ކޯޓަށް ޙާޟިރު ކުރަންޖެހޭ ފަރާތްތައް ޙާޟިރު ކުރުމަށްޓަކާ ކޯޓު އަމުރު ތައްޔާރުކޮށް އަމުރު ރައްދު ކުރުމަށް ޙަވާލު ކުރުމާއި، ޝަރީޢަތްތަކަށް ޙާޟިރުވާ ފަރާތްތަކަށް ދޭންޖެހޭ އިރުޝާދު ދިނުމާއި، ޝަރީޢަތުގެ މަޖިލީހުގެ އިންތިޒާމުތައް ބެލެހެއްޓުމާއި، ޤަޟިއްޔާތަކާ ގުޅިގެން ލިޔަންޖެހޭ ބަޔާންތަކާއި، އޯޑިއޯ ރެކޯޑިންގގެ ޓްރާންސްކްރިޕްޓްތައް ޓައިޕް ކުރުމާއި، މައްސަލައިގެ ފައިލް ބެލެހެއްޓުން.
  5. މައްސަލަތަކާ ގުޅިގެން ކޯޓަށް ޙާޟިރު ކުރަންޖެހޭ މީހުން ދެނެގަތުމާއި، ކޮންމެ ދުވަހަކު ބޭއްވޭ މައްސަލަތަކަށް ވަމުންދާގޮތާއި، އެޅި ފިޔަވަޅުތަކާއި، ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތައް ރެކޯޑު ޝީޓުގައި ދުވަހުން ދުވަހަށް ލިޔުމާއި، ޗިޓާއި، އަމުރު ރައްދުވެފައިވޭތޯ ބަލައި، ނުހިންގޭ މައްސަލަތަކުގެ މަޢުލޫމާތު ފަނޑިޔާރަށް ދެންނެވުމާއި، އަދި ދުވަހުން ދުވަހަށް ބާއްވާ މައްސަލަތަކުގެ ލިޔުންތައް ބެލެހެއްޓުން.
  6. އިދާރީ ކަންތައްތަކާ ގުޅިގެން އެކިފަރާތްތަކުން އަންނަ ސިޓީ، މެސެޖު ފަދަ ލިޔުންތައް ކޯޓު އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ޖަވާބު ލިޔެ އެ ފަރާތްތަކަށް ފޮނުވުމާއި، އަދި އަނގަބަހުން ޖަވާބުދާރީވާން ޖެހިއްޖެ ކަމެއްގައި އެގޮތުގެމަތިން ޖަވާބުދާރީވުން.
  7. ކޯޓުގައި ހިންގާ މުއްދަތު މަޖިލިސްތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި ކޯޓުން ނެރެންޖެހޭ ހައްޔަރު، ބަންދު އަދި ބަލާފާސް ކުރުމުގެ އަމުރުތައް ނެރުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  8. ޝަރީޢަތުގެ މަޖިލިސްތައް ތައްޔާރު ކުރުމުގެ މަސައްކަތް ކޯޑިނޭޓްކޮށް ބެލެހެއްޓުމާއި، މައްސަލަތަކުގައި ކޯޓަށް ޙާޟިރުވަނީ އެ މައްސަލައިގެ ޚަޞްމުންކަން ޔަޤީން ކުރުމާއި، ޙާޟިރުވާ ފަރާތްތައް ޝަރީޢަތުގެ މަޖިލީހަށް ވެއްދުން.
  9. ކޯޓުގައި ޝަރީޢަތް ހިނގަމުންދާއިރު ޝަރީޢަތުގެ މަޖިލީހުގައި އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލީހުގެ ޙުރުމަތް ކެނޑިދާފަދަ ޢަމަލެއް ހިންގާތޯ ބަލައި އެފަދަ ޢަމަލެއް އެއްވެސް މީހަކު ހިންގަން އުޅެފިނަމަ އެކަމެއް ހުއްޓުވުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  10. ކޯޓުން ނިންމާ މައްސަލަތަކުގެ ރިޕޯޓް ތައްޔާރު ކުރުމާއި، އަދި ޙަވާލުކުރަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުމާއި، ބެލެހެއްޓުން.
  11. ކޯޓަށް ޙާޟިރުވީ ފަރާތްތަކާއި، ޙާޟިރުނުވާ ފަރާތްތައް ފާހަގަކޮށް، ޙާޟިރުނުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިދާރީ މަސައްކަތް ކުރުން.
  12. ކޯޓުގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާ ރިވެތި ގޮތުގައި މުޢާމަލާތު ކުރުމާއި، ކޯޓަށް ހުށަހެޅޭ ފޯމުތައް ޗެކުކޮށް، ފޯމުތަކުގެ ޞައްޙަކަމާއި، ފޯމާއެކު ހުށަހަޅާ ލިޔެކިއުންތަކުގެ ފުރިހަމަކަން ކަށަވަރުކޮށް ފޯމު ބަލައިގަތުމާއި، ފޯމުތައް ކަނޑައެޅިފައިވާ ސިސްޓަމްތަކަށް އެންޓަރކުރުން.
  13. ވަރި، ކާވެންޏާބެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރަން ކަނޑައެޅިފައި އޮންނަ އުޞޫލުން ކުރުން.
  14. ނިމޭ މައްސަލަތަކުގެ ފައިލްތައް އަޕްޑޭޓްކޮށް އެ މައްސަލަތަކުގެ ރިކޯޑާއި ތަފާސްހިސާބު ރިޕޯޓުތައް ތައްޔާރުކޮށް ބަލަހައްޓާ، ނިމޭ މައްސަލަތަކުގެ ފައިލްތައް އާކައިވް ކުރުން.
  15. ކުށުގެ ރިކޯޑާއި، ވަރިކާވެނީގެ ރިކޯޑްތައް އަޕްޑޭޓްކޮށް ބަލަހައްޓައި، އެ މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  16. ޝަރުޢީ އެކިއެކި ލިޔުންތަކަށް އެދޭ ފަރާތްތަކަށް އެ ލިޔުންތައް ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ފޯރުކޮށްދިނުން.
  17. ކޯޓަށް ބޭނުންވާ ތަކެއްޗާއި، މަރާމާތުތައް ދެނެގަނެ، ކަމާބެހޭ ފަރާތްތަކަށް ޤަވާޢިދުން އެންގުމާއި، ވެރިންގެ އިރުޝާދުގެ ދަށުން ކޯޓަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގެ މަސައްކަތް ކުރުން.
  18. ކޯޓުގެ މުވައްޒަފެއް ޙާޟިރުނުވެއްޖެ ހިނދެއްގައި، ކޯޓުން ޢާންމު ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތަށް ބުރޫ ނާރާގޮތަށް އެ މުވައްޒަފެއްގެ މަސައްކަތް ކުރުން.
  19. ރަޖިސްޓަރީ ކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅާ އެގްރީމެންޓްތަކާއި ޝަރުޢީ ލިޔުންތައް ރަޖިސްޓަރީ ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  20. މުވައްޒަފުންގެ މުސާރަ ޝީޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތަށް ފޮނުވުން.
  21. ކޯޓުގެ އިންވެންޓްރީއާއި، ސްޓޮކް ރެކޯޑް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.
  22. ކޯޓަށް ހޯދަންޖެހޭ ތަކެތި، ދައުލަތުގެ މާލިއްޔަތާބެހޭ ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ހޯދުން.
  23. ކޯޓުން އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ ދައުލަތުގެ މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން ޙަވާލު ކުރަންޖެހޭ ފަރާތްތަކަށް ޙަވާލު ކުރުން.
  24. އަހަރީ ރިޕޯޓު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަންޖެހޭ ފަރާތަށް ފޮނުވުން.
  25. ފައިސާއާބެހޭ ރިޕޯޓުތަކާއި، އެނޫންވެސް ރިޕޯޓުތައް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  26. މީގެ އިތުރުންވެސް އެ މުވައްޒަފަކު ލައްވާ ކުރެވިދާނެކަމަށް ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން މަނާނުކުރާ ރަސްމީ ކޮންމެ މަސައްކަތެއްގެ ތެރެއިން ކޯޓު ހިންގުމާއި ޙަވާލުވެހުރި ފަރާތްތަކުން ޙަވާލުކުރާ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1-      ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ތަޢުލީމީ ރޮނގު

ޝަރީޢާ އެންޑް ލޯ / އެޑްމިނިސްޓޭޝަން / މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ޝަރީޢާ އެންޑް ލޯ ދާއިރާ  / ޝަރީޢާ / ލޯ
  2. އެޑްމިނިސްޓްރޭޝަން / ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ
  3. މެނޭޖްމަންޓް ދާއިރާ
  4. އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ
  5. ހިއުމަން ރިސޯސް މެނޭޖްމަންޓް

އެހެނިހެން ޝަރުޠު

 

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީދާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް ޢައްޔަން ކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ރ.މީދޫ މެޖިސްޓްރޭޓް ކޯޓު ވެބްސައިޓް https://r-meedhoo.courts.gov.mv ންނާއި ކައުންޓަރުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) www.dja.gov.mv
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

މާރކްސް

އަސާސީ ޝަރުޠު ހަމަވުން

 

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

 

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

 

5

އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

 

25

އިންޓަރވިއު

 

35

ޖުމްލަ

 

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 4 ޖަނަވަރީ 2026 ން 15 ޖަނަވަރީ 2026 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މީދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580452 އަށެވެ. އީ-މެއިލް ކުރާނީ                           [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ. ނުވަތަ ވަކިވަކިން ޑޮކިއުމެންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމެންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

 

 

03 ރަޖަބު 1447

23 ޑިސެންބަރު 2025

23 ޑިސެންބަރު 2025