ނީލަން
ނަންބަރު: 144-L/2025/02
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 17:32
ސުންގަޑި: 31 ޑިސެންބަރު 2025 14:15
ސިވިލް ކޯޓު
ދިވެހިރާއްޖެ
މިކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކުން

މިކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކުން

މިކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުމަށް ކުރެވުނު މިކޯޓުގެ ނަންބަރު 144-L/2025/01 (09 ޑިސެމްބަރ 2025) އިއުލާނާއި ގުޅިގެން
އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައި ނުވާތީ، އެތަކެތި 2 ވަނަ ފަހަރަށް ނީލަން ކިޔުމަށް ހުޅުވާލަމެވެ. 

މިތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 2025 ޑިސެމްބަރ 27 ވާ ހޮނިހިރު ދުވަހުގެ 11:15 ގައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ޙާޟިރުވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭއަގު، އަގަށް އެންމެ ކުޑަވެގެން ފަހަރަކު އިތުރުކުރެވޭ އަގު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ލިސްޓް ތަކުގައި ހިމެނިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތަތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ހިފައިގެން، 2025 ޑިސެމްބަރ 31 ވާ ބުދަ ދުވަހުގެ 14:15 ގައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް

ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާފަރާތްތަކުން، ސަރުކާރު ބަންދުނޫން 24 ގަޑި އިރު ތެރޭގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ބަނޑޭރި ޕޯޓަލް: https:/bandeyripay.finance.gov.mv

މެދުވެރިކޮށް ފައިސާ ދައްކަންވާނެއެވެ. ނީލަމުން ނެގިތަކެއްޗަށް ފައިސާ ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 48 ގަޑި އިރުގެ ތެރޭގައި ނީލަމުން ނެގިތަކެތި ގެންދަންވާނެއެވެ. ފައިސާ ދެއްކުމަށްފަހު

ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންދާ ތަކެއްޗާ މެދު މިކޯޓަށް ފެންނަ ގޮތަކަށް އަމަލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 ޑިސެންބަރު 2025