ދިވެހިރާއްޖެ
ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު: "އިންކްރީސިންގ ކްލައިމެޓް ރިޒިލިއެންސް ތްރޫ އިންޓަރގްރޭޓެޑް ވޯޓަރ ރިސޯސް މެނޭޖްމެންޓް ޕްރޮގްރާމް" މަޝްރޫޢުގެ ދަށުން ވީޑިއޯ ޑޮކިޔުމެންޓަރީ އަދި ވީޑިއޯ ސްޕޮޓް ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ "އިންކްރީސިންގ ކްލައިމެޓް ރިޒިލިއެންސް ތްރޫ އިންޓަރގްރޭޓެޑް ވޯޓަރ ރިސޯސް މެނޭޖްމެންޓް ޕްރޮގްރާމް" މަޝްރޫޢުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހޭލުންތެރިކަން އިތުރުކުރުގެ ޙަރަކާތްތައް ހިންގުމުގައި ބޭނުންކުރާނެ ވީޑިއޯ ޑޮކިޔުމެންޓަރީ އަދި ވީޑިއޯ ސްޕޮޓް ހަދައިދޭން ބޭނުންފުޅުވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
ޕްރޮޕޯޒަލް ހުށަހެޅުމާ ބެހޭގޮތުން މަޢުލޫމާތު އެރުވުމަށް 24 ނޮވެންބަރު 2015 ވަނަ ދުވަހުގެ 10.00 ގައި ބައްދަލުވުމެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.
މިމަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. http://www.environment.gov.mv
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މަސައްކަތުގެ އަގާއެކު މަސައްކަތް ކުރިއަށްދާނެ ގޮތުގެ ތާވަލެއް ހުށަހަޅުއްވަންވާނެއެވެ. އަދި ހަމަމިއާއެކު ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތުގެ ޕްރޮފައިލާއި ކުރިން ކުރެވިފައިވާ މިބާވަތުގެ މަސައްކަތާއި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފުސީލު ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލްގެ ސިޓީއުރައިގައި "އޭ. އެފް. ވޯޓަރ ޕްރޮޖެކްޓް: ކޮންސަލްޓެންސީ ޓު ޑިވެލޮޕް ވީޑިއޯ ޑޮކިޔުމެންޓަރީ އަދި ވީޑިއޯ ސްޕޮޓް" މަޝްރޫޢާބެހޭ މިހެން ލިޔެވިފައިވާންވާނެއެވެ.
ޕްރޮޕޯޒަލްތައް ހުޅުވުން އޮންނާނީ 26 ނޮވެންބަރު 2015 ވަނަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
އިންކްރީސިންގ ކްލައިމެޓް ރިޒިލިއެންސް ތްރޫ އިންޓަރގްރޭޓެޑް ވޯޓަރ ރިސޯސް މެނޭޖްމެންޓް ޕްރޮގްރާމް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
އަމީނީ މަގު، މާފަންނު، މާލެ، ދިވެހިރާއްޖެ
ފޯނު: 127 4 300 (960)+ ނުވަތަ 122 4 300 (960)+
ފެކްސް: 301 4 300 (960)+
އީމެއިލް: [email protected]
މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި "އޭ. އެފް. ވޯޓަރ ޕްރޮޖެކްޓް: ކޮންސަލްޓެންސީ ޓު ޑިވެލޮޕް ވީޑިއޯ ޑޮކިޔުމެންޓަރީ އަދި ވީޑިއޯ ސްޕޮޓް" ޖައްސަވާފައި ފޮނުއްވުން އެދެމެވެ.