ދިވެހިރާއްޖެ
މިއިދާރާގެ ބަޖެޓުން ޚަރަދުކޮށްގެން ވ.ފުލިދޫ ސިއްޙީމަރުކަޒުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުޤުވެރިވާފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
މައުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށައެޅުން.
01- ސިއްޙީމަރުކަޒުގައި ކުރަންހުރި މަރާމާތާއި ބެހޭގޮތުން މައުލޫމާތު ދިނުން އޮށްނާނީ 23 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 11:00 ފެލިދެއަތޮޅުފުލިދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ.
02- އަންދާސީ ހިސާބު ހުށައެޅުން އޮށްނާނީ 24 ޑިސެމްބަރ 2025 ވަނަ ބުދަ ދުވަހުގެ 11:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ.
އިތުރުމައުލޫމާތު.
- މިމަސައްކަތައް ހުށައަޅާ އަންދާސީހިސާބުގައި ހުށައަޅާ ފަރާތުގެ މައުލޫމާތު ( ނަން. އެޑްރެސް، ގުޅޭނެ ފޯނުނަންބަރ) އަދި މަސައްކަތުގެ ޖުމްލައަގު އެގެން އޮށްނަންވާނެއެވެ. ކޮންމެފަރާތަކަށް ހުށައެޅޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ.
- މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.
- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެގޭނެ ލިޔުމެއް ހުށައަޅަންވާނެއެވެ.
- އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމުގައި މާކުސްދެވޭނީ ތިރީގައިވާކަންކަމަށެވެ.
މަސައްކަތްޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް.
|
އިންސައްތަ |
ތަފްޝީލް |
|
65% |
ހުށައަޅާފައިވާއަގު (އެންމެކުޑައަގު ބެންޗް ބެންޗްމާކުކަމުގައި ބަލައިގެން) |
|
10% |
ކުންފުނި، އަމިއްލަވިޔަފާރި، އަދި ކޯޕަރޭޓިވް ސޮސައިޓީ |
|
5% |
އަމިއްލަ ފަރާތް |
|
20% |
މުއްދަތު. |
އަންދާސީ ހިސާބާއި އެކު ހުށައަޅަންޖެހޭ ލިޔުންތައް.
ހ- އަންދާސީ ހިސާބު
ށ- ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ
ނ- ޖީއެސްޓީ ރަޖިސްޓޭޝަން ކޮޕީ( ޖީއެސް.ޓީ އަށް ރަޖިސްޓްރީ ކޮށްފައިވާނަމަ)
ރ- މަސައްކަތުގެ ތަޖުރިބާ އެގޭނެ ދޫކުރިފަރާތުގެ ތައްގަނޑުޖެހި ލިޔުން.
ހުށައަޅާންޖެހޭ ލިޔުންތައް އަންދާސީހިސާބާއި އެކު ހުށައަޅުއްވާފައިނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
އަންދާސީ ހިސަބުތައް ހުންނަށްވާނީ ސިޓީ އުރައިގާ ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން އަދި ބީލަންހުށައަޅާފަރާތުގެ ނަން ލިޔެފައި އިންނަންވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.