މަސައްކަތް
ނަންބަރު: (IUL)13-K1/13/2015/333
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 03 ޑިސެންބަރު 2015 13:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އިކޯޓުއަރިޒަމް ފެސިލިޓީގެ ވިޒިޓަރ ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް

ޕްރޮޖެކްޓް ނަންބަރު: TES/2015/W-89-R02  

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިކޯޓުއަރިޒަމް ފެސިލިޓީގެ ވިޒިޓަރ ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް (IFB No.: 001/TF019383):

1. ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީ.ސީ.އޭ.ޕީ) ދަށުން އައްޑުއަތޮޅު ހިތަދޫގެ ޙިމާޔަތް ކުރެވިފައިވާ އީދިކަލިކިޅި ސަރަޙައްދުގައި ތައްޔާރުކުރާ އިކޯޓުއަރިޒަމް ފެސިލިޓީގެ ވިޒިޓަރ ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)13-K1/13/2015/200) އިޢުލާނަށް ލިބިފައިވާ ބީލަންތަކުގެ އަގުތައް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ ބީލަންތައް ބާޠިލުކޮށް، މިމަސައްކަތަށް ބީލަން ހުށަހެޅުމަށް އަލުން ހުޅުވައިލަމެވެ.

2. ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް އައްޑުއަތޮޅު ހިތަދޫގެ ޙިމާޔަތް ކުރެވިފައިވާ އީދިކަލިކިޅި ސަރަޙައްދުގައި ތައްޔާރުކުރާ އިކޯޓުއަރިޒަމް ފެސިލިޓީގެ ވިޒިޓަރ ސެންޓަރ އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ޝަރުޠު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

3. މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގގައި، ވާރލްޑްބޭންކު ގައިޑްލައިންސް: IBRD ލޯނު، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ޤައުމުތަކުން ތަކެތި ހޯދުމާއި، މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން- ޖަނަވަރީ 2011 ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.

4. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

5. ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 12 ނޮވެންބަރު 2015 އިން 03 ޑިސެންބަރު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

6. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް ބަންދުނޫން 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ޓެންޑަރ އިވެލުއޭޝަން ސެކްޝަން،

  މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

  އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

  ފޯން: 3349191   3349106

  ފެކްސް: 3320706  3324432

  އީމެއިލް: [email protected]

  ކޮޕީ: [email protected]

8. ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ނޮވެންބަރު 23ވާ ހޯމަ ދުވަހުގެ 12:00ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ.

9. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/70,000ރ (ހަތްދިހަހާސް ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 119 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

10. ބީލަން ހުޅުވުން އޮންނާނީ 2015 ޑިސެންބަރު 07 ވާ ހޯމަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

11. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

12 ނޮވެންބަރު 2015