ކުއްޔަށް ދިނުން
ނަންބަރު: (IUL)399-CA/399/2025/134
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 05:35
ސުންގަޑި: 30 ޑިސެންބަރު 2025 13:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަރުވާއަށް ދޫކުރާ ރުއްގަސްތަކާއި ގުޅޭ

މި ރަށުގެ އެކިސަރަހައްދު ތަކުގައި ހުރި ކައުންސިލްގެ ރުއްގަނޑުތަށް ފަސްއަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށްނަގަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މި އިޢުލާނާ ގުޅިގެން ވަރުވާއަށް ދޫކުރާ ސަރަހައްދުތައް ތިރީގައި އެވަނީއެވެ.

1-     ތުނޑީ ބަނދަރު އިރުމަތީ ފަރާތުގައިވާ ނަންބަރ 39.4.3 ނަންބަރ ހުސްބިމުފައިވާ ފޯދުނު 108 ރުއް

2-     ތުނޑީ ބަނދަރު އިރުމަތީ ފަރާތުގައިވާ ނަންބަރ 59.7.16 ނަންބަރ ހުސްބިމުފައިވާ ފޯދުނު 15 ރުއް

3-     ތުނޑީ ބަނދަރު އިރުމަތީ ފަރާތުގައިވާ  75 ނަންބަރ ހުސްބިމުފައިވާ ފޯދުނު 48 ރުއް

4-     ބޮޑުފެންގަނޑު މަގު ގެ އަރިމަތީ ދެފަރާތުގައި ހުރި  ފޯދުނު 55 ރުއް

5-     ބޮޑުފެންގަނޑު މަގުން ފެށިގެން މާންދޫ ބެންޑާއި ހަމައަށް ސިނާއީ މަގުގެ ހުޅަންގު ފަރާތުގައި ހުރި 208 ރުއް

6-     ތުނޑީ ބަނދަރު ސަރަހައްދުގައި ހުރި 51 ރުއް

7-     ތުނޑީ ފަލާޙު މިސްކިތު އިރުމަތީ ބިމުގައިހުރި ބަނބުކެޔޮ ގަސްތަކާއި ރުއްތަށް

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

28 ޑިސެމްބަރ 2025 ދުވަހު 10:00 ގައި

30 ޑިސެމްބަރ 2025 ދުވަހު 13:00 ގައި

         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ދެންނެވިފައިވާ ގަޑީގައި މި އިދާރާގެ ސެމިނާރޫމަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ކޮންމެ ރުއްގަނޑަކަށްވެސް އަގު ހުށަހަޅާނީ ވަކިފޯމެއްގައެވެ. ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުމާތައްޓަކައި ދެންނެވީމެވެ. އަގު ހުށަހަޅާ ފޯމާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިޢުލާނުގައިވާ ރުއްގަނޑުތައް ކާމިޔާބުކުރާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް މިއިދާރާއިން އެންގުމުން ސޮއިނުކޮށްފިނަމަ އެރުއްގަނޑަކަށް އަގު ހުށަހެޅި ފޯމު ބާތިލްކުރެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް 7611515 އަށް ގުޅުއްވުން އެދެމެވެ.

          ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

22 ޑިސެންބަރު 2025