ދިވެހިރާއްޖެ
އިޢުލާން
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ ކުނަހަންދޫ ޓީމް މެނޭޖްކޮށްދޭނެ ކުލަބު/ޖަމްޢިއްޔާ އެއް ހޯދުން
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވެފައިވާ ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ ފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުން ނަގައި، އެ ޓީމް މުބާރާތައް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ކުނަހަންދޫ ފުޓްސަލް ޓީމް މެނޭޖްކުރުމަށް ޝަޢުޤުވެރިވެލައްވާ، ކުލަބު/ޖަމްޢިއްޔާތަކުން، 2025 ޑިސެންބަރ 25 ވަނަ ދުވަހު ދުވަހުގެ 13:00 ކުރިން ޕްރޮޕޯސަލް [email protected] މެއިލްއަށް ނުވަތަ ހާޑް ކޮޕީ ކައުންސިލް އިދާރާއަށް ހުށަހަޅައި ދެއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.