ބީލަން
ނަންބަރު: (IUL)GS-59-AD/INDIV/2025/61
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 24 ޑިސެންބަރު 2025 14:00
ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލްގެ ކްލާސްރޫމްތައް މަރާމާތުތައް ކުރުން

ފުނަދޫ ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ށ.ފުނަދޫ

                                                ނަންބަރު: (IUL)GS-59-AD/INDIV/2025/61

އިޢުލާން

 

ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލްގެ ކްލާސްރޫމްތައް މަރާމާތުތައްކުރުން

  1. ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މިސްކޫލްގެ ކްލާސްރޫމުތަކާއި ސްކޫލް ހޯލް އޭސީ ކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ބޭނުންވެއެވެ. މިބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ .         
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 21 ޑިސެމްބަރ 2025 ން 2025 ޑިސެމްބަރ 24 ގެ 14:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/wP2H2JwWkrR5Jv6s5

  1. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 25 ވަނަ ދުވަހުގެކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 30 ވަނަ ދުވަހުގެ 10:00 ގައި ފުނަދޫ ސްކޫލް އޮފީހުގައެވެ.
  3. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  4. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުނަދޫ ސްކޫލް

ރެހެންދު މަގު، ފުނަދޫ، ދިވެހިރާއްޖެ.       

ފޯން:  6540540

އީ-މެއިލް: [email protected]  

އީ-މެއިލް: [email protected]  

01 ރަޖަބު 1447

21 ޑިސެމްބަރ 2025

21 ޑިސެންބަރު 2025