ދިވެހިރާއްޖެ
ކުރިނބީ ސްކޫލް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ހދ. ކުރިނބި، ދިވެހިރާއްޖެ
ނަންބަރު:GS-95/2025/023
2026 ވަނަ އަހަރުގެ ޖެނުއަރީ 01 ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް މިސްކޫލުގެ ސެކިއުރިޓި ބެލެހެއްޓުމަށް ކުރެވުނު ނަންބަރު GS-95/2025/020 (11 ޑިސެމްބަރ 2025) އިއުލާނާއި ގުޅިގެން ހުށައަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީވެ އިއުލާނު ބާތިލު ކުރުމަށްފަހު އަލުން އިއުލާނު ކުރަމެވެ.
ވީމާ މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިޔުމަންޓުގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 21 ން 2025 ޑިސެމްބަރ 28 ގެ ނިޔަލަށް ބީލަން ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް ދެންނެވީމެވެ. ބީލަން ރަޖިސްޓްރީ ފޯމް މިއިޢުލާންއާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮކިޔުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- މިޕޮރޮކިޔުމަންޓާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުރިނބީ ސްކޫލް
އަމީނީމަގު، ހދ.ކުރިނބި
ދިވެހިރާއްޖެ
އީމެއިލް: [email protected]
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 29 ވަނަދުވަހުގެ 11:00 ގައި މި ސްކޫލުގެ މީޓީންގ ރޫމުގައެވެ.
1447 G 01
21 ޑިސެމްބަރ 2025
ޙުސައިން ނާޡިމް
ޕްރިންސިޕަލް