ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1-CSO(HR)/1/2025/127
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 25 ޑިސެންބަރު 2025 13:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.

1. މަގާމުގެ ނަން:

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް:

އެމް.އެސް. 3

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ސެކްރެޓޭރިއެޓް އޮފް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ

ބޭނުންވާއަދަދު:

1 (އެކެއް)

އަސާސީމުސާރަ:

7,035.00 ރުފިޔާ

ސަރވިސްއެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވްޖޮބްއެލަވަންސް:

3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގއެލަވަންސް:

2,500.00 ރުފިޔާ

ކޮލިފިކޭޝަން އެލަވަންސް:

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ،

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 5,000.00 ރުފިޔާ

މަގާމުގެ ޝަރުތު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ސެކިއުރިޓީ ސްޓަޑީސް ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ސެކިއުރިޓީ ސްޓަޑީސް ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕްރޮފެޝަނަލް ސެޓުފިކެޓު/ ޕްރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގްރެޖުއޭޓް ސެޓުފިކެޓު/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ސެކިއުރިޓީ ސްޓަޑީސް ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގުރީ/ އެޑްވާންސްޑް ޕްރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޕްރޮފެޝަނަލް ޑިޕުލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

- މީގެ އިތުރުން، ބައްދަލުވުންތައް ރާވައި، ހިންގުމާއި ވިލަރެސްކުރުމާއި، އެނަލިޓިކަލް ރިޕޯޓުތަކާއި، ބްރީފުތައް ތައްޔާރުކުރުމުގެ ގާބިލުކަން ހުރި،  އޮފީސް މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި، އެހެން މުވައްޒަފުންނާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގާބިލުކަން ހުރި، ފަރިތަކަމާއެކު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ލިޔުމުގެ ގާބިލުކަން ހުރި އަދި މައިކްރޮސޮފްޓް އޮފީސްގެ ޕުރޮގުރާމުތައް ބޭނުންކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަގާމުގެ މައިގަނޑު

މަސްއޫލިއްޔަތުތައް:

- ސެކިއުރިޓީ ދާއިރާއާ ގުޅޭ މުއައްސަސާތަކާއެކު ހިންގާ މަޝްރޫޢުތަކާއި، މި ކަންތައްތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންކަން ބަލަހައްޓައި ހިންގުން.

- ރާއްޖޭގެ ސެކިއުރިޓީ ދާއިރާއާއެކު އެހެން ގައުމުތަކުން ކުރިއަށްގެންދާ ޕުރޮގުރާމުތަކާއި، މަޝްރޫޢުތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން.

- ސަރުކާރުގެ ޤައުމީ ސަލާމަތާބެހޭ ސިޔާސަތުތަކާއި، އޮފީހުގެ ދާއިރާތަކާގުޅޭ ކަންކަމުގައި ބޭނުންވާ ދިރާސާ ރިޕޯޓުތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ތަރުޖަމާކުރުން.

- ބައިނަލްއަގުވާމީ އަދި ސަރަހައްދީ ސަލާމަތާ ގުޅުންހުރި މައްސަލަތައް ދިރާސާކުރުމާއި، އެކަންކަމުގެ އެންމެ އަދާހަމަ ރިޕޯޓު ތައްޔާރުކުރުން.

2. މަގާމުގެ ނަން:

ސީނިއަރ ރިސަރޗް އޮފިސަރ

ރޭންކް:

އެމް.އެސް. 2

އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން:

ސެކްރެޓޭރިއެޓް އޮފް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް:

2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45)

ލިވިންގ އެލަވަންސް:

2,500.00 ރުފިޔާ

ކޮލިފިކޭޝަން އެލަވަންސް:

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ،

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާނަމަ، 5,000.00 ރުފިޔާ.

މަގާމުގެ ޝަރުތު:

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ސެކިއުރިޓީ ސްޓަޑީސް ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓުފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ސެކިއުރިޓީ ސްޓަޑީސް ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓުފިކެޓު/ އެޑްވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ސެކިއުރިޓީ ސްޓަޑީސް ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕްރޮފެޝަނަލް ސެޓުފިކެޓު/ ޕްރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓުފިކެޓު/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

- މީގެ އިތުރުން، ބައްދަލުވުންތައް ރާވައި، ހިންގުމާއި ވިލަރެސްކުރުމާއި، އެނަލިޓިކަލް ރިޕޯޓުތަކާއި، ބްރީފުތައް ތައްޔާރުކުރުމުގެ ގާބިލުކަން ހުރި،  އޮފީސް މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި، އެހެން މުވައްޒަފުންނާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގާބިލުކަން ހުރި، ފަރިތަކަމާއެކު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ލިޔުމުގެ ގާބިލުކަން ހުރި އަދި މައިކްރޮސޮފްޓް އޮފީސްގެ ޕުރޮގުރާމުތައް ބޭނުންކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތުތައް:

- ސެކްރެޓޭރިއެޓް އޮފް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސަރުކާރުގެ ޤައުމީ ސަލާމަތާ ބެހޭ ސިޔާސަތުތަކާއި، އޮފީހުގެ ދާއިރާތަކާގުޅޭ ކަންކަމުގައި ބޭނުންވާ ދިރާސާކުރުމާއި، އެނެލިޓިކަލް ރިޕޯޓުތައް ގަވާއިދުން ތައްޔާރުކުރުން.

- ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ސަލާމަތާ ގުޅުންހުރި މައްސަލަތައް ދިރާސާކުރުމާއި، އެކަންކަމުގެ އެންމެ އަދާހަމަ ރިޕޯޓު ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

އޯ" ލެވެލް އަދި "އޭ" ލެވެލް ސެޓުފިކެޓު ފިޔަވައި ހުރިހާ ސެޓުފިކެޓުތައް (ރާއްޖޭން ބޭރުގެ) އެކްރެޑިޓުކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ބ. ލިބިފައިވާ ސަނަދުތަކުގެ ފޮޓޯކޮޕީ.

ޅ. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯކޮޕީ.

ކ. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި، މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

- ޤައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

އިތުރު މައުލޫމާތު:

މި ވަޒީފާތަކަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު، އެ ފޯމާއެކު މަތީގައި ބަޔާންކޮށްފައިވާ ހުށަހަޅަންޖެހޭ ތަކެތި، 2025 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ އީމޭލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމޭލުކުރައްވާނަމަ، އެއް އީމޭލެއްގައި ހުރިހާ ޑޮކިއުމަންޓުތައް ޕީޑީއެފް ފޯމެޓުގައި ފޮނުއްވަންވާނެއެވެ  .މި ވަޒީފާތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓުލިސްޓު ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓުކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަންދެވޭނެއެވެ.

އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށްޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ https://presidency.gov.mv/ އެވެ.

21 ޑިސެންބަރު 2025