ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)300-EC/300/2025/65
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 29 ޑިސެންބަރު 2025 14:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަހައްދު ސާފުކުރުމާއި ބެހޭ

މިހާރު ސާފުކުރަމުންދާ އިޖްތިމާޢީ ސަރަހައްދުގެ ގޮޅިތައް މި ހިނގާ 2025 ޑިސެމްބަރ މަހުގެ ނިޔަލަށްވަނީ މުއްދަތުހަމަވެފައެވެ. މިހެންކަމުން  2025 ޑިސެންބަރު 29 ވަނަ ދުވަހުގެކުރިން ގޮޅިތައް ސާފުކޮށް މަގުކައިރި ޖަހާފައި ގޮތިތައް ޙަވާލުކުރުން އެދެމެވެ. ވުމާއެކު 2026 ވަނަ އަހަރަށް އިޖުތިމާޢީ ސަރަހައްދު ގޮޅިތަށް ސާފުކޮށް ބަލަހައްޓާނެ ފަރާތްތަކެއް ހޯދުމަށްވަނީ ބޭނުންވެފައެވެ. މިގޮތުން ގޮޅި ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ސިޓީ ފޮނުވުން އެދެމެވެ.

ޝަރުތު:

  • 65 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ މީހެއްކަމުގައިވުން
  • އަމިއްލަނަމުގައި ބޭންކު އެކައުންޓެއް އޮތް މީހަކު ކަމުގައިވުން ( އެކައުންޓް ނެތްނަމަ އެއްމަސް ދުވަސް ތެރޭގައި އެކައުންޓް ހުޅުވަންވާނެއެވެ.)
  • ލިބޭ ގޮޅި އަމިއްލައަށް އެކަކު އަނެކަކަށް ބަދަލުނުކުރެވޭނެއެވެ.
  • ތިމާ ހަވާލުވެފައިވާ ގޮޅި ތިމާއަށް ސާފުކޮށް ނުބެލެހެއްޓޭނަމަ 1 މަސް ދުވަސް ތެރޭ ކައުންސިލަށް އެންގުން.

 

ގޮޅިތަށް ދޫކުރަން ހަމަޖެހިފައިވަނީ ޝަޢުޤުވެރިކަންފާޅުކުރައްވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. އަދި ގުރުއަތުން ދިމާވާގޮޅި ބަދަލުކުރަން ބޭނުންނަމަ ދެފަރާތްއެއްބަސްވެ އެކަން ހުށަހެޅުމުން ބަދަލުކޮށްދެވޭނެއެވެ. މިގޮތަށް ބަދަލުކުރެވޭނީ ގުރުއަތުލުން އޮންނަ ދުވަހުއެވެ.

މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 29 ޑިސެންބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް އެދި ފޮނުވާ ސިޓީ އުރާގެ ބޭރުގައި " އިޖުތިމާޢީ ސަރަހައްދު ސާފުކުރުމަށްއެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޑިސެންބަރު 2025