ދިވެހިރާއްޖެ
ކޫލްސްކޫލް މަޝްރޫއުގެ ދަށުން ށ.ގޮއިދޫ ސްކޫލުގެ ހޯލު އަދި ކްލާސްރޫމުތައް އެއަރކަންޑިޝަން ކުރުމަށް ކުރަންޖެހޭ މަރާމަތުގެ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 ޑިސެންބަރު 21 އިން 2025 ޑިސެންބަރު 27 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ބީލަން ރަޖިސްޓަރ ވުމަށް އެދޭ ފޯރމް ފުހިމަ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބިޑް ޑޮކިއުމެންޓްގައި ހިމަނާފައި ވާނެއެވެ. މިޕްރޮޖެކްޓާއި ބެހޭގޮތުން މަސައްކަތް ކުރަންޖެހޭ ތަނާއި މަސައްކަތްތައް 2025 ޑިސެންބަރު 21 އިންފެށިގެން 2025 ޑިސެންބަރު 27ގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 14:00 އާ ދެމެދު މިސްކޫލަށް ވަޑައިގެން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
ބިޑް ހުޅުވުން އޮންނާނީ 2025 ޑިސެންބަރު 27 ވަނަ ދުވަހުގެ ރޭ 20:30 ގައި މިސްކޫލުގައެވެ.