ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)244-CAA/244/2025/70
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:29
ސުންގަޑި: 24 ޑިސެންބަރު 2025 12:00
ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޘްކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުން

 ނަންބަރ: IUL)244-CAA/244/2025/70 

އިޢުލާން

1447  ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު "މަސްޖިދުއް ނިބްރާސް"ގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ޙާފިޡަކު (01 ޙާފިޡު) ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތަށް އަންދާސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޑިސެންބަރު 24 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު (ޕްރޮޕޯސަލް/ކޯޓޭޝަން) އީމެއިލް މެދުވެރިކޮށް ހުށައަޅަންވާނީ [email protected]  ނުވަތަ [email protected] އަށެވެ.

 

ޙާފިޡުން ގެންނަފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ. އަދި ހުށަހަޅާ ޕްރޮޕޯސަލް ނުވަތަ ކޯޓޭޝަނުގައި ތިރީގައި ދަންނަވާފައިވާ މަޢުލޫމާތު ހިމަނަން ވާނެއެވެ.

1. ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.

2. ދެކޮޅު ޓިކެޓް ޚަރަދު (ރާއްޖެ ގެނާއުމާއި، އެނބުރި ޤައުމަށް ދިއުމަށް ޚަރަދު)

3. ޙާފިޘް ރަށާއިހަމައަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު (ރަށަށް ގެނައުމާއި އެނބުރި މާލެދިއުމުގެ ދަތުރު)

4. މާލޭގައި ހުރުމާއި، ކެއުމުގެ ޚަރަދު.

5. ވިސާ ދެއްކުމާއި، އިންޝުއަރެންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރިކަމުގެ ލިޔުން.

6. ޙާފިޡުގެ މުސާރަ / އެލަވަންސް

7. ޙާފިޡު ރާއްޖޭގައި ހުންނަ ވަގުތު ބޭނުންކުރާނެ މޯބައިލް ސިމެއް ހޯދައިދޭނީ ޙާފިޡު ގެނެސްދޭ ފަރާތުން.

8. ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ފޯނު ނަންބަރ، އައި.ޑީ ކާޑު ކޮޕީ (ކުންފުންޏެއްނަމަ ރަޖިސްޓަރީ ކޮޕީ)، ތަޖުރިބާގެ ލިޔުމެއް އޮތްނަމަ އެފަދަ ލިޔުމުގެ ކޮޕީ

9. އެހެނިހެން (ޙާފިޘްއަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ޕްރޮޕޯސަލް ނުވަތަ ޕްރޮޕޯސަލް/ކޯޓޭޝަންގައި ހިމެނުން އެދެން)

   މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 2025 ޑިސެންބަރު 23 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:30 އަށް މި އިދާރާގެ ނަމްބަރު 6500035, 6500107 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

  މިިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

18 ޑިސެންބަރު 2025