މަސައްކަތް
ނަންބަރު: (IUL)289/289/2025/78
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 06 ޖަނަވަރީ 2026 11:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު މޫދުއެރޭ ސަރަހައްދުގައި ފެންމުޑިއެއް ހަދައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށު ހުޅަނގު ފަރާތުގެ މޫދުއެރޭ ސަރަހައްދުގައި ފެންވެރުމަށްޓަކައި ބޭނުންކުރާނެ ފެންމުޑިއެއް ހަދައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 ޖެނުއަރީ 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައި ލަންދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފްކުރި ފަރާތްތަކަށް އެކަންޏެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަން ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީ ހިސާބު ބަލައިގަނެވޭނީ، ބަދަލުގައި އަންދާސީ ހިސާބު ހުށަހަޅާކަން ބަޔާންކޮށް ވެރިފަރާތުން ދޫކޮއްފައިވާ ސިޓީ އާކާއި، ޙާޟިރުވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކުއެވެ. އަދި އަންދާސީ ހިސާބު އޮންލައިކޮށް ބަލައިގަތުން ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ކައުންސިލު އިދާރާގެ ފޯންނަމްބަރު 6560007 އާއިގުޅުއްވުންއެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޑިސެންބަރު 2025