ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2025/194
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި:
25 ޑިސެންބަރު 2025 12:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަރާވީހް ނަމާދުކުރާނެ ދިވެހި ހާފިޡަކު ހޯދުމާއިގުޅޭ
1447 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުއްނަޞްރު މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ދިވެހި ހާފިޡަކު (01 ހާފިޡު) ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޑިސެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި އީމެއިލް ޒަރިއްޔާއިން ސިޓީ ހުށަހެޅުއްވުމަށް ބޭނުންނަމަ މިއިދާރާގެ މެއިލް އެޑްރެސް: [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 6780041 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި ސިޓީއާއެކު ތިރީގައިވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
- އައިޑީކާޑު ކޮޕީ
- ހާފިޡުކަމުގެ ސެޓްފިކެޓް ނުވަތަ ލިޔުން
- ހުށަހަޅާ ފަރާތުގެ ވަނަވަރު
- ތަޖުރިބާ ލިޔުން އޮތްނަމަ އެފަދަ ލިޔުމުގެ ކޮޕީ
- 18 އަހަރު ނުފުރޭ ފަރާތެއްނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޑިސެންބަރު 2025