ޢާންމު މަޢުލޫމާތު
ނަންބަރު: GS-207/IUL/2025/37
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 25 ޑިސެންބަރު 2025 11:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުލޭ!

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ!

                      ވިޔަފާރީގެ އުޞޫލުން 1 ޖަނަވަރީ 2026 ން 31ޑިސެންބަރު 2026 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ  GS-207/IUL/2025/033 އިޢުލާއި ގުޅިގެން އެކަށީގެންވާ އަގެއް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙުގެ ކުރިން ބީލަން ހުށަހެޅުމަށް ރަސްޖިސްޓްރީކޮށް ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި " ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ

.މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން

މީޓިންގ ހަމަޖެހިފައިވާ ގޮތް

ތާރީޚް

ގަޑި

ރަޖިސްޓަރީ ކުރުން

17 - 21 ޑިސެންބަރު 2025 އަށް

މެންދުރުފަހު 14:00

މައުލޫމާތު ސާފްކުރުން

22 ޑިސެންބަރު 2025

ހެނދުނު 11:00

އަންދާސީ ހިސާބު ހުށަހެޅުން

25 ޑިސެންބަރު 2025

ހެނދުނު 11:00

 މި މަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި ސުކޫލުގައި އޮންނާނެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ގާނޫނު  (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ނަކަލެއް ގެންނެވުން އެދެމެވެ. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު މި އިޢުލާނާއިއެކު ދިވެހިސަރުކާރުގެ ގެޒެޓްގައި ވާނެއެވެ.

                     ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. އަދި ރަސްމީގަޑީގައި މި ސްކޫލްގެ އިދާރާއިން ފޯމް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ބީލަމުގައި ރަޖިސްޓްރީވިކަން ޔަގީންކުރުމަކީ ހުށަހަޅާފަރާތުގެ ޒިންމާއެކެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

 

                       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލްގެ ފޯނު ނަންބަރު /7983090 އާއި ގުޅުއްވުން އެދެމެވެ.

                        މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

17 ޑިސެންބަރު 2025