މަސައްކަތް
ނަންބަރު: (IUL)TAH-B/TAH/2025/65
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 28 ޑިސެންބަރު 2025 13:00
ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ތ. އަތޮޅު ހޮސްޕިޓަލްގެ އީ.އާރުގައި ކުރަންހުރި މަރާމާތު މަސައްކަތް

މި ހޮސްޕިޓަލްގެ ނަންބަރު: 01) (IUL)TAH-B/TAH/2025/61 ޑިސެންބަރު (2025 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާތިލްކޮށް އަލުން މި ހޮސްޕިޓަލްގެ އީ.އާރުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، 28 ޑިސެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އޮފީހަށް (ތ. އަތޮޅު ހޮސްޕިޓަލް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީވުން:   23 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން

ބިޑް ހުޅުވުން:    28 ޑިސެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 13:00 އަށް

ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު، 23 ޑިސެންބަރު 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 24 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓަރނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.

18 ޑިސެންބަރު 2025