މަސައްކަތް
ނަންބަރު: (IUL)MS/1/2025/120
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:59
ސުންގަޑި: 25 ޑިސެންބަރު 2025 10:00
މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ކޫލް ސްކޫލް ޕްރޮޖެކްޓުގެ ދަށުން ސަލާހުއްދީން ހޯލް މަރާމާތްކުރުން

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޑިސެމްބަރު 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން https://forms.gle/TyeqbF7AgJa5Upw18 އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްކުރެވިފައިވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 10:00 ގައި މަޖީދިއްޔާ ސްކޫލް މީޓިންގ ރޫމްގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން 22 ޑިސެމްބަރު 2025 ވާ ހޯމަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން   [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ފޯނުން  ނަމަ ގުޅުއްވާނީ 7777806 އަށެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

17 ޑިސެންބަރު 2025