ތަމްރީނު
ނަންބަރު: (IUL)475-Schol/475/2025/237
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 22 ޑިސެންބަރު 2025 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
MBBS Admission 2025-2026, Army Medical College, Bangladesh

MBBS Admission 2025-2026

Army Medical College, Bangladesh

 

ބަންގްލަދޭޝްގެ އާރމީ މެޑިކަލް ކޮލެޖްގައި ހިންގުމަށް ހަމަޖެހިފައިވާ އެ.މް.ބީ.ބީ.އެސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދިވެހިރާއްޖެއަށް ލިބިފައެވެ.

   

މި ޕްރޮގްރާމަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ އާރމީ މެޑިކަލް ކޮލެޖްގެ ފަރާތުންނެވެ. މި ޕްރޮގްރާމްގެ އިތުރު މައުލޫމާތު މިއިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާ މަޢުލޫމާތު ޝީޓުން ލިބެން ހުންނާނެއެވެ. ވީމާ، މި ޕްރޮގްރާމްގައި ބައިވެރިމުވަށް ޝައުގުވެރިވާ ފަރާތްތަކުން، 22 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

 

އެޕްލިކޭޝަން އީމެއިލް: http://foreignstudents.dgme.gov.bd/login

ވެބްސައިޓް: www.dgme.gov.bd

 

...................................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

17 ޑިސެންބަރު 2025