ދެންނެވުން
ނަންބަރު: (IUL)245-ESD/245/2025/130
ޕަބްލިޝްކުރި ތާރީޚް: 17 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި:
21 ޑިސެންބަރު 2025 20:30
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާ ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކޮންމެ ހަތަރު މަހަކުން އެއްފަހަރު ކައުންސިލުގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުން މިހިނގާ ޑިސެންބަރު މަހުގެ 21 ވާ އާދީއްތަ ދުވަހުގެ ރޭ 8:30 ގައި ދަރުބާރުގޭ މަރަވަކަރު މާލަމުގައި އޮންނާނެއެވެ.
މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައިއެވަނީއެވެ.
- ބައްދަލުވުމުގެ ތަޢާރަފް
- ކައުންސިލްގެ ރައީސް ވާހަކަ ދެއްކެވުން
- ތަރައްޤީގެ ޕްލޭނަށް އަމަލީ ސިފަ އަންނަމުންދާގޮތުގެ ރިޕޯރޓް ހުށަހެޅުން
- ޔޮޓް މެރީނާއެއް ހެދުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުން
- ބައްދަލުވުމާއި ގުޅޭ ސުވާލާއި ޖަވާބު
މި ބައްދަލުވުމަށް އުލިގަމުގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
17 ޑިސެންބަރު 2025